މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުކައުންސިލްގެ އިދާރާއަށް އިތުރުކުރެވޭ ބައިގެ މަސައްކަތް

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި އިދާރާއަށް އިތުރުކުރެވޭ ބައިގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ކުރެވުނު މިއިދާރާގެ ނަންބަރ: (IUL)227-ID/227/2023/27 (‏11‏ އޭޕްރިލް 2023) އިޢުލާނާއި ގުޅިގެން ބީލަން ހުށައަޅުއްވާފައިވާ އަގު ކައުންސިލުން މިޕްރޮޖެކްޓަށް ކަނޑައެޅިވާފައިވާ ބަޖެޓަށްވުރެ ބޮޑުވުމާއިއެކު، އެއިޢުލާނާއި އިއުލާނާއިއެކު ދެވުނު މައުލޫމާތުކަރުދާސް ބާޠިލުކޮށް، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ‏2023‏ މެއި‏ 11ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.
  3. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު މިއިދާރާގެ ވެބްސައިޓް(shaviyani.gov.mv/beelan)އިން ‏ ‏ ‏2023‏ މެއި‏ 11 ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  4. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ‏2023‏ މެއި‏ 17ވާ ބުދަ ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.  ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، ‏2023‏ މެއި‏ 17 ވާ ބުދަ ދުވަހުގެ 14:00ގެ  ކުރިން، އެފަރާތަކަށް މެއިލްކުރެވޭނެއެވެ.
  5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  ‏2023‏ މެއި‏ 18ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ.
  6. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540463

އީމެއިލް:     [email protected]، ކޮޕީ:[email protected]

 

‏08‏ މެއި‏ 2023

08 މޭ 2023
ހޯދާ