ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
2024-2023 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީއަށް ދަރިވަރުން ވެއްދުމާއި ގުޅޭ.

އިޢުލާން

2024-2023 ވަނަ އަހަރަށް ފެންފުށީ ސްކޫލްގެ އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމުގެ ފުރުސަތު 09 މޭ 2023 ވާ އަންގާރަ ދުވަހުން ފެށިގެން ހުޅުވާ ލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، އެލް.ކޭ.ޖީއަށް ދަރިވަރުން ވައްދަންއެދޭ ފަރާތްތަކުން 11 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން  "އެލް.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު މި ސްކޫލަށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމް ދޫކުރުމާއި ބަލައިގަތުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 11:15 އިން 14:00 އަށް ސްކޫލްގެ އިދާރާއިން ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ. ދަރިވަރުން ސްކޫލަށް ވެއްދުމުގައި އަމަލުކުރެވޭނީ ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން ކަމުގައި ދެންނެވީމެވެ.

ގްރޭޑް

2024-2023 ވަނަ އަހަރު ދަރިވަރުން ސްކޫލަށް ވައްދާ އުމުރުފުރާ

އެލް.ކޭ.ޖީ

2023 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

 

ފޯމާއެކު ހުށައަޅަންޖެހޭ ލިއުންތަށް

  • ·         ކުއްޖާގެ އައިޑެންޓިޓީ ކާޑުގެ އަސްލާއި ކޮޕީ / އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލާއި ކޮޕީ
  • ·         ބެލެނިވެރިޔާގެ އައި.ޑީ.ކާޑުގެ ކޮޕީ
  • ވެކްސިން ދެވިފައިވާގޮތް އަންގައިދޭ ވެކްސިން ކާޑުގެ އަސްލާއި ކޮޕީ

 

08 މޭ 2023
ހޯދާ