މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރައްޤީ ޕްލޭނާއި، ލޭންޑް ޔޫސް ޕްލޭނަށް ރިޢާޔަތްކޮށް އެކި ކަހަލަ ކަންތައްތަކާއި މަސައްކަތް ތައް ހިންގުމުގެ ޝައުޤުވެރިކަން ހުރި ރަށުގެ ރައްޔިތުންނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިހާރު ޢަމަލުކުރަމުންދާ ތަރައްޤީ ޕްލޭނާއި، ލޭންޑް ޔޫސް ޕްލޭނަށް ރިޢާޔަތްކޮށް އެކި ކަހަލަ ކަންތައްތަކާއި މަސައްކަތް ތައް ހިންގުމުގެ ޝައުޤުވެރިކަން ހުރި ރަށުގެ ރައްޔިތުންނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

           މިފުރުޞަތުގެ ބޭނުމަކީ، ރަށުގެ ވަޞީލަތްތަށް ބޭނުންކޮށްގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމުގެ މަގު ފަހިކޮށްދިނުން ކަމުގައިވާތީ، ހުށަހަޅުއްވާ ޕްރޮޕޯސަލަކީ މިދެންނެވި އަމާޒަށް ތައްޔާރުކުރެވިފައިވާ ޕްރޮޕޯސަލަކަށް ވާންވާނެއެވެ.

            މިގޮތުން ހުށަހަޅުއްވާ ޕްރޮޕޯސަލްތަކާއިމެދު ކައުންސިލުން މަޝްވަރާކޮށް، ހަމަޖެހިފައިވާ ޤަވާޢިދު ތަކާއި އުޞޫލު ތަކާއި އެއްގޮތަށް ބިޑުގެ އުޞޫލުން ކުރިއަށް ގެންދިއުމަށް ހުޅުވާލެވޭނެއެވެ.

            ވީމާ، މިފަދަ ކަންކަން ކުރުމަށް ޝަވްޤުވެރިކަން ފާޅުކުރައްވާ ޕްރޮޕޯސަލް ހުށަހަޅުއްވަން ބޭނުންފުޅުވާރަށުގެ ރައްޔިތުން 31 މެއި 2023 ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. 

            މިއިޢުލާނާއިއެކު ލޭންޑް ޔޫސް ޕްލޭން ޢާއްމުކުރެވިފައިވާނެއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.  

07 މޭ 2023
ހޯދާ