ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންމީޓަރު ހަރުކޮށް ކަނެކްޝަންގުޅުމާއި ބެހޭ:

              މިހާރު ކުރިއަށްދާ ފެންއެޅުމުގެ މަޝްރޫޢުގެ ދަށުން އެ ޙިދުމަތަށް އެދި ހުށަހަޅާފައިވާ ތަންތަނުގެ ތެރެއިން މީޓަރު ހަރުކުރެވޭގޮތަށް އިންތިޒާމް ހަމަޖެހިފައި ނެތުމުގެ ސަބަބުން މިހާތަނަށް ކަނެކްޝަން ނުގުޅިހުރި ތަންތަނުން މި ހިނގާ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ އިންތިޒާމް ހަމަނުޖައްސައިފިނަމަ މަޝްރޫޢުގެ މަސައްކަތުގެ ދަށުން އެ ތަންތަނަށް ކަނެކްޝަން ގުޅައިދެވެން ނޯންނާނެކަމުގައި ޙިދުމަތައް އެދިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި އެފަދަ ތަންތަނަށް ދެން ކަނެކްޝަން ފޯރުކޮށްދެވޭނީ މަޝްރޫޢުގެ މަސައްކަތް ނިންމުމަށްފަހު ޙިދުމަތް ދިނުމަށް ހަވާލުކުރާ ކުންފުންޏަކުން، އެ ކުންފުނީގެ އުޞޫލާއި އެއްގޮތަށް ހުށަހެޅުމުން ކަމުގައިވެސް ދެންނެވީމެވެ.

 

             

              ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.                          

              17 ސައްވާލް 1444

              07  މެއި  2023  

07 މޭ 2023
ހޯދާ