ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު

 ބީލަން ހުށަހެޅުމުގެ ދައުވަތު

 ކިނބިދޫ އުރީދޫ ޓަވަރު ބިމުގެ އުތުރާއި ދެކުނުގައިވާ 2 ބިން ކުއްޔަށް ދިނުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަމާބެހޭ މަޢްލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ބީލަން ރަޖިސްޓަރީ ކުރުން

1. ބީލަން ހުށަހަޅަން އެދޭ ފަރާތްތަކުން ބީލަން ހުށަހަޅަން ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި، މީގެ އިތުރުން މިއިޢުލާނާއިއެކު ގެޒެޓްގައި އެއްހީރަސް ކުރެވިފައިވާ ފޯލްޑަރުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

2. ރަޖިސްޓަރީ ކުރުމަށް ހަމަޖެހިފައިވަނީ 07 މެއި 2023 ން 11 މެއި 2023 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ. އަދި މިމުއްދަތުގައި މިއިދާރާގެ އީ މެއިލް[email protected]  އަށް ފޮނުވާ ފޯމްތައްވެސް ރަޖިސްޓަރީކޮށް ދެވޭނެއެވެ. އީމެއިލް އަށް ފޮނުއްވާ ފޯމްތައް ކައުންސިލަށް ލިބުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓްރީ ކުރެއްވުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމުގެ ސެޝަނެއް މިއިދާރާގެ ޖަލްސާ ކުރާ މާލަމްގައި އޮންނާނެއެވެ.   

ތާރީޚް: 14 މެއި 2023،  ގަޑި: 11.00

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީޚް: 17 މެއި 2023 ބުދަ ދުވަހުގެ ހެނދުނު 11:00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

07 މޭ 2023
ހޯދާ