ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
2023-2024 ވަނަ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ

       2023-2024 ވަނަ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމުގެ ފުރުސަތު 07 މޭ 2023 ވާ އާދިއްތަ ދުވަހުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން 14:00 އަށް ހަންޏާމީދޫ ސްކޫލް އޮފީހުން އެޑްމިޝަން ފޯމް ލިބެން ހުންނާނެއެވެ. އެޑްމިޝަން ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީޙަކީ 22 މޭ 2023 ވާ ހޯމަ ދުވަހެވެ. 

ގްރޭޑް

2023-2024 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

އެލް.ކޭ.ޖީ

2023 ވަނަ އަހަރު ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ޔޫ.ކޭ.ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން

ގްރޭޑް 1

ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ) ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން

 

އެޑްމިޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ދަރިވަރުގެ އައިޑީކާޑު އަދި ކޮޕީ،
  • ބެލެނިވެރިޔާގެ އައިޑީ.ކާޑުގެ ކޮޕީ،
  • ވެކްސިން ދެވިފައިވާ ގޮތް އަންގައިދޭ ވެކްސިން ކާޑުގެ އަސްލާއި ކޮޕީ.
07 މޭ 2023
ހޯދާ