ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެޗް.ސީ.އައި އިންފްރާސްޓްރަކްޗަރ ސަޕްލައިކޮށްދީ އިންސްޓޯލްކޮށް ކޮންފިގަރ ކޮށްދޭނެ ފަރާތެއް ހޯދުން

މިއޮފީހުން ދީފައިވާ ސްޕެސިފިކޭޝަން އާ އެއްގޮތަށް އެޗް.ސީ.އައި އިންފްރާސްޓްރަކްޗަރ ސަޕްލައިކޮށްދީ އިންސްޓޯލްކޮށް އަދި ކޮންފިގަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  • ބީލަމުގައި ރެޖިސްޓަރީވުން: 16 މޭ 2023، 10:00 ގެ ކުރިން
  • ބީލަން ހުށަހެޅުމާއި ހުޅުވުން: 17 މޭ 2023، 10:00 އަށް
  • ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނުގެ ނަންބަރު ޖެއްސެވުމަށްފަހު، ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 2023 މޭ 16 ވަނަ ދުވަހުގެ 10:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.

17 ޝައްވާލް 1444

07 މޭ 2023
ހޯދާ