އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް ޢާއްމު ކުރުމާގުޅޭ

މި އިދާރާގެ ނަންބަރު:(IUL)339-ESMS/339/2022/126 (13 އޮކްޓޯބަރު (2022 އިޢުލާނާއި ޙަވާލާދީ މި އިދާރާގެ ނަންބަރު: (IUL)339-ESMS/339/2023/14 (18 ޖެނުއަރީ 2023) ޢިއުލާނުން ނެރެވުނު ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް އއ.ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ ނަންބަރ 2023-U1C-CIV-6 (27 އޭޕްރީލް 2023) ގައި މި އިދާރާއަށް ކޮށްފައިވާ ޙުކުމާއި އެއްގޮތްވާގޮތުގެ މަތިން ބާޠިލްކޮށް، އެ ކޯޓުގެ ޙުކުމުގައި ވާ މި އިދާރާއިން އިސްލާޙު ކުރަންޖެހޭ ކަންކަން އިސްލާޙުކޮށް، އއ.ތޮއްޑޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 100 ބަންޑާރަގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް މި އިޢުލާނާއެކު ޢާއްމުކުރީމެވެ.

 

ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު 2023 މެއި 11 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ.

ވީމާ، ޝަކުވާ ހުށައަޅަން ބޭނުންފުޅުވެ ލައްވާ ފަރާތްތަކުން ލިޔުމަކުން މިއިދާރާގެ ރިސެޕްޝަނަށް ނުވަތަ މި އިދާރާގެ އީމެއިލް: [email protected] އަށް ފޮނުއްވުމަށް ދަންނަވަމެވެ.

04 މޭ 2023
ހޯދާ