މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ދޫކުރެވިފައިވާ ގެވަޅުތަކުގައި ކޮނެފައިވާ ފެންވަޅުތަށް ބަންދުކުރުމާއި ކޮށިގަނޑު އެޅުމާއި ބެހޭ

ކެނދިކުޅުދޫ ދެއަވަށުން އަލަށް ދޫކުރެވިފައިވާ ގެވަޅުތަކުގައި ފެންވަޅު ހެދުމަށް ކޮނެފައިވާ ވަޅުގަނޑުތައް ރަނގަޅަށް ބަންދު ނުކުރުމުގެ ސަބަބުންނާއި، ގެވަޅުތަކުގައި ކޮށިގަނޑު އަޅާފައިނުވުމުގެ ސަބަބުން ނުރައްކާތެރި ބައެއް ހާދިސާތައް ކުރިމަތިވަމުންދާކަމަށް މިކައުންސިލަށް ފާހަގަކުރެވިފައިވާތީ، ވީހާވެސް އަވަހަކަށް އަލަށް ދޫކުރެވިފައިވާ ގެވަޅުތަކުގައި ކޮނެފައިވާ ވަޅުތަށް ހައްޔަރުކޮށް ކޮށިގަނޑު ނާޅާހުރި ގެވަޅުތަކުގައި ކޮށިގަނޑު އެޅުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

 އަދިދަންނަވަމެވެ. މިދުވަސްވަރަކީ ހަލުވިކަމާއެކު ޑެންގޫ ފެތުރެމުންދާ އަދި ވިއްސާރަ ދުވަސްވަރަކަށްވާތީ ވަޅުގަނޑު ތަކުގައި މަދިރިފަނި އުފެދުމުގެ ފުރުސަތު މަދުކުރުމުގެ ގޮތުން ވަޅުތަކާއި ވަޅުގަނޑުތައް މަސްމަހާއިމެހީގެ ބާވަތެއްލައި މަދިރިފަނި އާލާވުމުން ރައްކާތެރިކުރުމަށް އިލްތިމާސް ކުރަމެވެ.

  ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

 14 ޝައްވާލް 1444

 04 މޭ 2023

04 މޭ 2023
ހޯދާ