މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމާއި ގުޅޭ

އިޢުލާން

ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމާއި ގުޅޭ؛

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމާއި، މަސައްކަތްތައް ހިންގާނެ ގޮތުގެ އުސޫލުގެ 6 ވަނަ މާއްދާގެ ދަށުން، އާންމު ރައްޔިތުންގެ ތެރެއިން 2 މެމްބަރުން އިންތިހާބު ކުރުމަށްޓަކައި، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ހުށައެޅުއްވުމަށް ހުޅުވާލައި ކުރެވުނު އިޢުލާން އާއި ގުޅިގެން އެކަށީގެންވާ ވަރަށް ނަން ހުށައަޅުއްވާފައި ނުވާތީވެ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ހުށައެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ކޮމެޓީ މެންބަރުންގެ ޝަރުތު؛

  • ދިވެހި ރައްޔިތެއްކަމުގައިވުން
  • ނ. މަނަދޫ ރަށްވެއްސަކަށްވުން
  • މި މަސައްކަތުގައި ގިނަ ވަގުތު އުޅެވޭނެ މީހަކުކަމުގައިވުން

ވީމާ، މަތީގައިވާ ޝަރުތުތައް ހަމަވާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ނަން ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

4 މެއި 2023

04 މޭ 2023
ހޯދާ