މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާނު

އިޢުލާނު          

 

                މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްފެނީ ޕލކ (MTCC) ގެ ފަރާތުން ކުރިޔަށް ގެންދާ ކޮންސްޓްރަކްޝަން އޮފް މޭޖަރ ރޯޑްސް އެޓް ބ.އޭދަފުށި ޕްރޮޖެކްޓްގައި މަސައްކަތް ކުރަމުންދާ އެ ކުންފުނީގެ މުވައްޒަފުން ތިއްބެވުމަށްޓަކައި 03 (ތިނެއް) ކޮޓަރި،03 (ތިނެއް) ފާހަނާ، ސިޓިންގް ރޫމް، ބަދިގެ އަދި ކާތަން ހިމެނޭގޮތަށް 04 (ހަތަރެއް) މަސް ދުވަހަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

                ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 މެއި 07 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

                 14  ޝައްވާލު  1444ހ

04 މޭ 2023
ހޯދާ