ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ "ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ ސްޓްރެޓަޖީ" ފަރުމާކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދުން

އިޢުލާން

2024 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރުގެ ނިޔަލަށް މި އޮތޯރިޓީގެ "ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ ސްޓްރެޓަޖީ" ފަރުމާކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް މި އޮތޯރިޓީން 07 ފެބުރުވަރީ 2023 ވަނަ ދުވަހު ކުރި IUL)450-CA/450/2023/13) ނަންބަރު އިޢުލާނުގައި ހިމެނިފައިވާ ކޮންސަލްޓެންޓުގެ މަސްޢޫލިއްޔަތަށާއި، މަސައްކަތުގެ މުއްދަތަށް ބަދަލުތަކެއް އައިސްފައިވުމުން، އަލުން މި މަސައްކަތަށް އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިއު ކުރެވިފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު އަރުވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

  • މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 14 މޭ 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހެޅުން

  • މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ.
    • ޕްރޮޕޯސަލް ހުށަހަޅަންވީ ތާރީޙާއި ގަޑި: 16 މޭ 2023 ވަނަ ދުވަހުގެ 10:00 އަށް
    • ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
  • އެއްވެސް ފަރާތަކަށް 1 (އެކެއް) ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮފޯސަލް ހުށަނޭޅޭނެއެވެ.
  • ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
  • ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ޕްރޮޕޯސަލްތައް ކަނޑައި، ހުށަހަޅާފައިވާ އަގުތައް ހިއްސާކުރެވޭނެއެވެ.
04 މޭ 2023
ހޯދާ