ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން ކެއުންބުއިމުގެ ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން ކެއުންބުއިމުގެ ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

                     މިއީ،ގދ.އަތޮޅު މަދަރުސާގެ (އާ އިމާރާތް) ހުރި ބިމާއި އިންވެގެން އިރުމަތީ ފަރާތުން (ވެލިބިން) އޮތް ހުސްބިމުން 600 އަކަފޫޓް (ހަ ސަތޭކަ) އަކަފޫޓްގެ ބިން ކެއުންބުއިމުގެ ޚިދުމަތްތަކަށް 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު  ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ.

                    ވީމާ، މިބިމުގައި ކެއުންބިއުމުގެ ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 25 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

    03 މެއި 2023                                                   

03 މޭ 2023
ހޯދާ