މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަނަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

ނ. މަނަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ އިން ދިރިއުޅުމަށްޓަކައި، 3000 އަކަފޫޓްގެ 100 ބަންޑާރަ ގޯތި ދޫކުރުމަށް މިކައުންސިލުން ނިންމާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ މުއްދަތު 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 ގެ ނިޔަލަށް އިތުރުކޮށް ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށައެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 12:30 އަށެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6560029، 6560098 ނުވަތަ 6560509 ފޯނައް ގުޅުއްވުން އެދެމެވެ.

މި އިޢުލާނާއެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

  • ނ. މަނަދޫއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާ ފޯމް
  • ނ. މަނަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު
  • ގޯތި ދޫކުރާ ސަރަޙައްދު ދައްކުވައިދޭ ރަށުގެ ޗާޓު
  • ލިބިފައިވާ އަދި ލިބެން އޮތް ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
  • ތަރިކަ އިޤްރާރު
03 މޭ 2023
ހޯދާ