ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ހަނިމާދޫ ބަނދަރު ސަރަހައްދުގައި ހުރި ވިޔަފާރި ކުރުމަށް ޙާއްސަ ކުރެވިފައިވާ 05 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ.

ނަންބަރު: 258/258/2023/77(IUL)

އިޢުލާން

 

ހދ.ހަނިމާދޫ ބަނދަރު ސަރަހައްދުގައި ހުރި ވިޔަފާރި ކުރުމަށް ޙާއްސަ ކުރެވިފައިވާ 05 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ.

 

ހަނިމާދޫ ބަނދަރު ސަރަހައްދުގައި ހުރި ވިޔަފާރި ކުރުމަށް ޙާއްސަ ކުރެވިފައިވާ ބިންތައް 25 (ފަންސަވީސް) އަހަރަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ނިންމާފައިވާތީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

ތަފްސީލް

ތާރީހް

ގަޑި

މަޢުލޫމާތު ސާފުކުރުން

14 މެއި 2023

10:30

އަންދާސީ ޙިސާބުހުޅުވުން

23 މެއި 2023

10:30

 

ވީމާ ބީލަން ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) ބީލަމެކެވެ. ބީލަން ހުށަހެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކައް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ބީލަންތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 13 ޝައްވާލް 1444

03 މޭ 2023

03 މޭ 2023
ހޯދާ