މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ތެޔޮބިން ކުއްޔަށް ދިނުމަށް ހުޅުވާލުން

މިއިދާރާގެ ނަންބަރ (IUL)283-PS/283/2023/10 (26 ޖެނުއަރީ 2023) އިޢުލާނާއިގުޅިގެން ޝައުގުވެރިކަން ފާޅުކުރެއްވި ފަރާތްތަށް މަދުކަމަށްފެންނާތީ ، އެ އިޢުލާނު ބާތިލުކޮށް ކައުންސިލުން ތެޔޮރައްކާކުރުމަށް ބޭނުންކުރަމުންދާ 80000 ލީޓަރގެ ތެޔޮތާނގީ އާއި އެކުގައިވާ  ބިމާއިއެކު،އެންމެ ރަނގަޅު އަގެއް ހުށައަޅާ ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

  • ބިމުގެ ބޮޑުމިން : 3744 އަކަފޫޓު ( 72 ފޫޓު ، 52 ފޫޓު)
  • ބިން އޮތްތަން : ޗަނބޭލީމަގުގެ ހުޅަނގު އުތުރުގައި، ބަދަރުން ފެށިގެން 170 ފޫޓުގައި
  • ހުށައެޅޭ އެންމެ ކުޑައަގު : 15،000 ރުފިޔާ
  • ހުށައެޅޭނެ އެންމެ ދިގު މުއްދަތު : 20 އަހަރުދުވަސް
  • މުއްދަތަށް އިތުރުކުރެވިދާނެ ވަރު : އެއްވެސް މިންވަރެއް އިތުރު ނުކުރެވޭނެ

ވީމާ،މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާގެނަމްބަރ 6540052 ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  15 މެއި 2023   ވާ ހޯމަ ދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށައަޅާފޯމާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

03 މޭ 2023
ހޯދާ