މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖުކޯޕަރޭޝަނަށް އަބާޔާ ފަހާ ކަޅުފޮތި ފޯރުކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ބޭނުމަށް 40 ރޯލު އަބާޔާ ފަހާ ކަޅުފޮތި ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް:

މިބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމާ ހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 10 މެއި 2023 ވާ ބުދަ ދުވަހުގެ އެއްގަޑި ސުންމިނެޓު (13:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 08 މެއި 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

 

03 މެއި 2023

03 މޭ 2023
ހޯދާ