ފުޅަދޫ ސްކޫލް/ ބ.ފުޅަދޫ
ދިވެހިރާއްޖެ
2024-2023 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

2024-2023  ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

 

 2023 - 2024 ވަނަ އަހަރު މި ސްކޫލަށް އަލަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ ، ޔޫ.ކޭ.ޖީ އަދި ކީސްޓޭޖް 1 ގެ ގްރޭޑް 1 އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލުތަކާއި އެއްގޮތަށެވެ.

ޢުމުރު ފުރާ

ގްރޭޑް

2023  ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

އެލް. ކޭ. ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން

ޔޫ. ކޭ. ޖީ

ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ) ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން.

ގްރޭޑް 1

 

     "އެލް.ކޭ.ޖީ އަށް ދަރިވަރުން ވައްދަންއެދޭ ފޯމު" އަދި "އެލް.ކޭ.ޖީ ފިޔަވައި އެހެނިހެން ގްރޭޑްތަކަށް ކުދިން ވަނުމަށް
އެދޭ ފޯމް" 2023 މެއި 04 ވަނަ ދުވަހުން ފެށިގެން ސްކޫލް އޮފީހުން ދޫކުރަމުން ދާނެ ވާހަކަ ދަންނެވީމެވެ.

    ވީމާ، 2023 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން "އެލް.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު،  ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެއްޗާއި އެކު މިސްކޫލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް ސްކޫލްގެ އިދާރާއިން 2023 މެއި 04 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން މެންދުރު 12:00 އަށް ލިބެން ހުންނާނެއެވެ.

 

13 ޝައްވާލް 1444

03 މެއި 2023

03 މޭ 2023
ހޯދާ