މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޑެޓް މެނޭޖްމަންޓް ސްޕެޝަލިސްޓް-މިޑްލް އޮފީސް (އިންޓަރނޭޝަނަލް) ހޯދުމާބެހޭ

ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓްސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް

ޕްރޮޖެކްޓް އައި.ޑީ: P145317

ޑެޓް މެނޭޖްމަންޓް ސްޕެޝަލިސްޓް-މިޑްލް އޮފީސް (އިންޓަރނޭޝަނަލް) ހޯދުމާބެހޭ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރިއަށްގެންދާ ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން ޑެޓް މެނޭޖްމަންޓް ސްޕެޝަލިސްޓެއް ހޯދުމަށްވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ ޑެޓް މެނޭޖްމަންޓް ނިޒާމު ހަރުދަނާ ކުރުން، ޚާއްޞަކޮށް ޑެޓް މެނޭޖްމަންޓް ސިސްޓަމް ޤާއިމުކުރުމުގައާއި ރިޕޯޓުކުރުން ހަރުދަނާ ކުރުމުގެ ނިޒާމެއް ޤާއިމުކުރުމެވެ.

ޑެޓް މެނޭޖްމަންޓް ސްޕެޝަލިސްޓަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ:

1. އިކޮނޮމިކްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ފައިނޭންސިންގގެ ދާއިރާއިން އަންޑަރގްރެޖުއޭޓް ޑިގްރީއެއް ހާސިލުކޮށްފައިވުން:

2. މިމަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.

3. ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ޑެޓް މެނޭޖްމަންޓްގެ ދާއިރާއިން މަދުވެގެން 10 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން

4. މީޑިއަމް ޓާރމް ޑެޓް މެނޭޖްމަންޓް ސްޓްރެޓަޖީ ޑިޒައިންކުރުމުގެ ތަޖުރިބާ ލިބިފައިވުން އަދި މީޑިއަމް ޓާރމް ޑެޓް މެނޭޖްމަންޓް ސްޓްރެޓަޖީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

5. ރިޕޯޓް ތައްޔާރުކުމުގައާއި ސިޔާސަތާ ބެހޭގޮތުން ސަރުކާރަށް ލަފާދިނުމުގެ ތަޖުރިބާ ލިބިފައިވުން. އަދި ކޮމަންވެލްތް ޑެޓް ރެކޯޑިންގ ސިސްޓަމް ބޭނުންކުރަން އެނގުމަކީ އެދެވިގެންވާކަމެކެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރްޜަރީއިން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތްކޮށްދިނުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ ތަފުސީލު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރެއް ހުށަހަޅަންވާނެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން ވާރލްޑްބޭންކުގެ ލޯނާއި، އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓެންޓުން ހޯދުމަށް އެފަރާތުން ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިޞްލާޙުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

މިމަސައްކަތުގެ މުއްދަތަކީ ހަ (6) މަސް ދުވަހެވެ. މިމަސައްކަތަށް ހޮވޭ ފަރާތް ފެބުރުވަރީ/މާރިޗު 2015ގައި މަސައްކަތް ފަށަންވާނެއެވެ.

މިމަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ފެބުރުވަރީ 2015ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

މުޙައްމަދު ޔާމިން

ޕްރޮޖެކްޓް ކޯޑިނޭޓަރ

ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓްސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ،

ޓެލެފޯން: 3349398 ،3349101،

ފެކްސް: 3320706 ،3324432،

އީމެއިލް:[email protected]

[email protected]             

19 ޖަނަވަރީ 2015
ހޯދާ