ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރަރ

އިޢުލާން

މި ކުންފުނީގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: ލޭބަރަރ (ގްރޭޑް 1)

އަދަދު: 1

މުސާރަ: މަހަކު 3240.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 138 ނަންބަރު ފިހާރަ (ގދ. ތިނަދޫ)

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް:  1350.00 ރުފިޔާއާއި 2400.00 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓަންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

* މުދާ ޑެލިވަރކުރުމުގެ މަސައްކަތްކުރުން.

* ފިހާރައާއި ގުދަނުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުން.

ތަޢުލީމާއި ތަޖުރިބާ:

* ގްރޭޑް 7 ގެ ފެންވަރު ހުރުން.

* މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

* ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޖަނަވަރީ 20 ވާ ހޯމަދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު، ގދ. ތިނަދޫގައި ހުންނަ އެސްޓީއޯގެ 138 ނަންބަރު ފިހާރައިންނާއި، އެސްޓިއޯގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބޭނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

http://www.stomaldives.com/downloads/އެސްޓީއޯ ވެބްސައިޓް:

ނޯޓް:

- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމަށް މުވައްްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތު ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައިިގެން އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.

- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

އެސްޓީއޯ ހެޑް އޮފީސް ނުވަތަ އެސްޓީއޯ 138 (ގދ. ތިނަދޫ) ފިހާރަ، ދާންނާމަގު، ނަމްބަރު 59، ގދ. ތިނަދޫ، ފޯން:3012675، 3344273.

23 ރަބީޢުލްއައްޥަލް 1436

14 ޖަނަވަރީ 2015
ހޯދާ