ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
ސްޓަޑީ ބެންޗް ހަދުމުގެ މަސައްކަތް

އިޢުލާން

މި ސްކޫލުންދޭ ނަމޫނައާއި އެއްގޮތަށް ހަތަރު (4) ސްޓަޑީ ބެންޗް ހަދައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

 

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދަންނަވާ ތާރީޚަށް ބަނޑިދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތައް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި، ސްޓަޑީ ބެންޗްގެ ނަމޫނާ ކުރެހުންތަކާއި އަދި މަޢުލޫމާތު ކަރުދާސް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅުއްވާ ފަރާތަކީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން  ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް ވާންޖެހޭނެއެވެ.

 

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 03 މެއި 2023 އިން 10 މެއި 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް މި ސްކޫލް އޮފީހުގައި ނަން ނޯޓް ކުރެއްވުން އެދެމެވެ. އޮންލައިން ކޮށް ރަޖިސްޓްރީ ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެއެވެ. ރަޖިސްޓްރީ ކުރުމަށް އެދޭ ފަރާތްތަކުގެ މަޢުލޫމާތުތައް ތިރީގައި ވާގޮތަށް ހިމަނަންވާނެއެވެ.

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

 

މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 09 މެއި 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިސްކޫލްގެ އީމެއިލް [email protected] އެޑްރެހަށް ފޮނުއްވުންއެދެމެވެ.

 

މި ބީލަމާއި ގުޅޭގޮތުން ބޭއްވޭ ޕްރީބިޑްމީޓިން އޮންނާނީ 10 މެއި 2023 ވާ ބުދަ ދުވަހު 13:30 ގައި މިސްކޫލްގެ އޮފީހުގައެވެ.

 

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސުކޫލްގެ އޮފީހުގައެވެ.

 

ނޯޓް: މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކޮށްފައިވާ ފަރާތްތަކަށެވެ. އަދި ނަންނޯޓް ކޮށްފައިވާ ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް ދަނަނަވަމެވެ.

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބަނޑިދޫ ސްކޫލް

ދ.ބަނޑިދޫ ، ދިވެހިރާއްޖެ

ފޯން :7952916

އީމެއިލް: [email protected]

 

02 މޭ 2023
ހޯދާ