ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ކޯޗިންގކޯސް ( ހަންގޭރީ )

އޮލިމްޕިކް ސޮލިޑަރިޓީގެ އެހީގެދަށުން ހަންގޭރީގެ ސެމެލްވެއިޒް ޔުނިވަރސިޓީގައި ހިންގޭ ކޯޗިންގ ކޯހުގައި 2015 ވަނަ އަހަރުގެ ސްޕްރިންގ ސެޝަންގައި ރާއްޖޭގެ ކޯޗެއް ބައިވެރިކުރުމުގެ ފުރުޞަތު ލިބިފައިވާކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން މި އެސޯސިއޭޝަނަށް ލިޔުމުން ހުށަހަޅާފައިވުމާއެކު، މި ކޯހުގައި ބައިވެރިވާން ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެފަރާތެއްގެ ސީ.ވީ އާއެކު 19 ޖަނަވަރީ 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި އެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުން އެދެމެވެ.

ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މީގެ ކުރީގައި މި ކޯހުގައި ބައިވެރިވެފައިނުވާ، އަދި ބެޑްމިންޓަން ކުރިއެރުވުމަށް މަސައްކަތްކުރާ އިނގިރޭސިން ލިޔަންކިޔަން ދަންނަ އޯ ލެވަލް ހަދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ ދަންނަވަމެވެ.

12 ޖަނަވަރީ 2015
ހޯދާ