ހޭންޑްބޯލް މޯލްޑިވްސް
ދިވެހިރާއްޖެ
06 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް 2023

މި އެސޯސިއޭޝަނުގެ ނަންބަރު IU/HB/H2023/03 އިއުލާނާއި ހަވާލާދީ ދަންނަވަމެވެ.

މި އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 06 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި  ބައިވެރިވެފައިވާ އެންމެހައި ފަރާތްތަކުގެ މަސްލަޙަތައް ރިޢާޔަތްކޮށް މުބާރާތުގެ ޤަވާއިދު އިސްލާޙްކުރުމަށްފަހު، މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚް ބަދަލުކޮށް، އަލުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާންކުރުމަށް 28 އޭޕްރީލް 2023 ވަނަ ދުވަހު ބޭއްވުނު މި އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ 05 ވަނަ ބައްދަލުވުމުގައި ނިންމާފައިވާތީވެ، މިކަން އެންމެހައި ފަރާތްތަކަށް އަންގައި އިއުލާންކުރަމެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ މި އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުން، މުބާރާތުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު 07 މެއި 2023  ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަންއަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މުބާރާތުގައި ބައިވެރިވާ ކުލަބުތަކުގެ ޓީމް ލިސްޓް ފުރިހަމަކުރެއްވުމަށްފަހުގައި 14 މެއި 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަންއަށް އީމެއިލް ކުރެއްވުން އެދެމެވެ. ފޯމުތައް މި އިއުލާނާއި އެއްކަރުދާސްކުރެވިފައިވާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ކުރީން ފޯމް އަދި ޓީމް ލިސްޓް ހުށަހަޅުއްވާފައިވާ ކްލަބުތަކުން އަލުން ބައިވެރިވާ ފޯމް ހުށަހަޅަން ނުޖެހޭނެކަން މިފުރުސަތުގައި ދަންނަވަމެވެ. ނަމަވެސް، ޓީމް ލިސްޓައް ބަދަލެއް ގެންނަނަމަ އެފަދަ ބަދަލަކާއިއެކު މަތީގައި ބަޔާންކުރެވިފައިވާ ތާރީޚްގެ ކުރީން ހުށަހެޅުއްވުން އެދެމެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚަކީ 20 މެއި 2023 ވާ ހޮނިހިރު ދުވަހެވެ. މުބާރާތުގައި ބައިވެރިވާ ކުލަބްތަކުގެ މެދުގައި ގުރުއަތުލުން ބޭއްވޭނެ ތަނަކާއި ވަގުތުފަހުގެ ތާރީޚެއްގައި އަންގާނެ ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީ (9879555) އާއި ގުޅުއްވުން އެދެމެވެ.

30 އޭޕްރިލް 2023
ހޯދާ