ބާރަށު ސްކޫލް، ހއ. ބާރަށް
ދިވެހިރާއްޖެ
ބާރަށު ސްކޫލް ހުޅަނގުފަރާތު ފާރު އުސްކުރުމާއި ގޭޓު ލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

    މިސްކޫލުންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަތަކެތީގައި ސްކޫލްގެ ހުޅަނގުފަރާތު ފާރު އުސްކުރުމާއެކު ގޭޓުލުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.

          ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ނަންނޯޓުކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ނަންނޯޓު ކުރެއްވުން

ބީލަން ހުށައެޅުމަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު މެދުވެރިކޮށް 2023 އޭޕްރިލް 30 ވީ އާދީއްތަ ދުވަހުންފެށިގެން 2023 މެއި 7 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ރެޖިސްޓްރީ ކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ނުވަތަ ސްކޫލް އޮފީހަށް ޝީޓު ހުށައެޅުއްވުން އެދެމެވެ.

[email protected]

އަންދާސީ ހިސާބު ހުށައެޅުއްވުން

އަންދާސީ ހިސާބު ހުށައަޅުއްވާނީ 2023 މެއި 14 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ބާރަށު ސްކޫލް އޮފީހަށެވެ. މިމަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީ އުރައިގެ ބޭރުގައި "ބާރަށު ސްކޫލުގެ ހުޅަނގުފަރާތު ފާރު އުސްކުރުމާއި ގޭޓު ލުމުގެ މަސައްކަތް " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބިޑު ހުށައަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

 

މި އިއުލާނާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި މަޢުލޫމާތު ޝީޓު ގެޒެޓުގައި އެޓޭޗްކުރެވިފައިވާނެއެވެ. އަދި ދަންނަވަމެވެ. މި މަސައްކަތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500527 ގުޅުއްވުންއެދެމެވެ.

                       މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 އޭޕްރިލް 2023
ހޯދާ