މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކެންދޫ މަގުތަކުގައި ބަހައްޓާ ގަސްމުށި އަދި ބެންޗް ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުން

ބ.ކެންދޫ މަގުތަކުގައި ބަހައްޓާ ގަސްމުށި އަދި ބެންޗް ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިދާރާގެ ނަމްބަރ: 40/2023/315/PROC-315 (IUL) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މި އިދާރާއިން ދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ބ.ކެންދޫ މަގުތަކުގައި ބަހައްޓާ 20 ސެޓު ގަސްމުށި އަދި ބެންޗު ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ.

 

               ތަން

ދުވަސް

  ތާރީޚް

    ގަޑި

އަންދާސީ ހިސާބު ހުށަހެޅުން

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުސިލް އިދާރާ

ބުރާސްފަތި

  11 މެއި 2023

  13:00

މި މަސައްކަތުގެ މަޢުލޫމާތު މި އިޢުލާނާއިއެކު އެއް ހީރާސް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އޮފީސް ބަންދުވުމުގެ ކުރިން 6600004 އަށް ގުޅުއްވާ ނުވަތަ [email protected] އަށް މެއިލް ކުރައްވާ މަޢުލޫމާތު ސާފު ކުރެއްވުމަށް ދަންނަވަމެވެ.

30 އޭޕްރިލް 2023
ހޯދާ