ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ވަންމީލް ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ކާއެއްޗެއް ފޯރުކޮށްދިނުން

 

ގއ.އަތޮޅު ތަޢުލީމީ މަރުކަޒު                                                                                                                                                                

ވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރި

ދިވެހިރާއްޖެ                                                                                                           

                                                    އިޢުލާން ނަމްބަރ: GS05-C /IUL/2023/07 

                       

ބީލަން ހުށަހެޅުމުގެ ދަޢުވަތު    

 

ވަންމީލް ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ކާއެއްޗެއް ފޯރުކޮށްދިނުން

1. ވަންމީލް ޕްރޮގްރާމުގެ ދަށުން މި މަރުކަޒުގެ ދަރިވަރުންނަށް ކާއެއްޗެއް ފޯރުކޮށްދޭން ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރެވުނު ނަންބަރު GS05-C/IUL/2023/05 ( 11 އޭޕްރީލް 2023 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 މޭ 02 އިން 2023 މޭ 08 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ.

3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 މޭ 09 ވާ އަންގާރަ ދުވަހުގެ 10:30 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.

4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 މޭ 10 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5. ބިޑް ހުޅުވުން އޮންނާނީ 2023 މޭ 11 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ.

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7.ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ގއ.އަތޮޅު ތަޢުލީމީ މަރުކަޒު

  ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.

  ފޯން:  6820029

  އީ-މެއިލް: [email protected]

  ކޮޕީ އީ-މެއިލް: [email protected]

 

                           27   އޭޕްރީލް     2023    

27 އޭޕްރިލް 2023
ހޯދާ