ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ ބައެއް ތަކެތި ވިއްކާނެ ފަރާތެއް ހޯދުން

މި އޮފީހަށް ބޭނުންވާ ތިރީގައި މި ދަންނަވާ ތަކެތި ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

02 nos. Dell EMC PowerVault ME5024

01 nos. Dell EMC PowerSwitch S4128F-ON

01 nos. Synology RS4021xs+

މި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، 2023 މޭ 7 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާނުގައިވާ އީ-މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން ރަޖިސްޓްރީ ވުމަށް ފޮނުވާ އީ-މެއިލްތައް ބަލައިނުގަނެވޭ ވާހަކަ ދަންނަވަމެވެ.

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީމެއިލް:

ފޯނު ނަންބަރު:

ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މޭ 7 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، މޭ 11 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

10 ޝައްވާލް 1444

30 އޭޕްރިލް 2023
ހޯދާ