ކިހާދޫ ސްކޫލް، ބ. ކިހާދޫ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން

`

 
   

 

 

 

ކިހާދޫ ސްކޫލް                                                    Kihaadhoo School

ބ. ކިހާދޫ                                                         Baa Kihaadhoo     

                                                          GS-131/IUL/2023/003

އިޢުލާން

 

އެކްޓިވިޓީ ޔުނީފޯމް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން

           2023 އަދި 2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް ބޭނުންވާނެ އެކްޓިވިޓީ ޔުނިފޯމް މި ސުކޫލުންދޭ ނަމޫނާއާ އެއްގޮތަށް ފަހައިދީ ވިއްކާދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.   

މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ މި ބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން  2023 މެއި 04 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން  ކިހާދޫ ސްކޫލާއި ގުޅުއްވައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ.

މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 މެއި 04 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected]  ފޮނުއްވުން އެދެމެވެ.

މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2023 މެއި 08 ވާ ހޯމަ ދުވަހުގެ މެންދުރުކުރި 10:00 ގައި ކިހާދޫ ސްކޫލުގައެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2023 މެއި 14 ވާ އާދިއްތަ ދުވަހު މެންދުރުކުރި 10:00 ގައި  ކިހާދޫ ސްކޫލުގައެވެ.

މި ޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ނަން ނޯޓު ކުރެއްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެވެ.

10 ޝައްވާލް 1444

30 އޭޕްރިލް 2023

30 އޭޕްރިލް 2023
ހޯދާ