މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ޝެޑެއް ޤާއިމްކުރުމަށް ކެނދިކުޅުދޫ އިން ބިން ދޫކުރުން

ނ. ކެނދިކުޅުދޫ ގައި އިތުރު ތެޔޮ ޝެޑެއް ޤާއިމްކުރުމަށް މިކައުންސިލްއިން ކޮށްފައިވާ ޢިއުލާން ނަންބަރ (IUL)286-CB/286/2023/27 އަށް އެކަށީގެންވާ ތަރުހީބެއްލިބިފައި ނުވާތީ، ކުރިން ކުރި ޢިއުލާން ބާޠިލުކޮށް އަލުން މިފުރުސަތަށް ހުޅުވާލަމެވެ.

ނ. ކެނދިކުޅުދޫ ބަނދަރު ސަރަހައްދުގައި ތެޔޮ ޝެޑެއް ޤާއިމްކުރުމަށް ބިމެއް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިބިމަކީ ތެޔޮ ގުދަންކޮށް، ބޭނުންކުރުމާއި، ރައްކާތެރިކޮށް ބަހައްޓާ، ރީޓެއިލް އަދި ހޯލްސޭލްކޮށް ތެލުގެ ވިޔަފާރިކުރުމަށް ޚާއްޞަކޮށް ހުޅުވާލެވޭ ބިމެކެވެ.

ބިން އޮތް ސަރަހައްދާއި ބޮޑުމިން: މިބިމަކީ ކެނދިކުޅުދޫ "ބޮޓަނީ ޕަވަރ" ތެޔޮ ޝެޑުގެ އިރުން އޮތް، އިރުމަތީފަރާތާއި ހުޅަނގުފަރާތުގައި 50 ފޫޓު، އުތުރުފަރާތާއި ދެކުނުފަރާތުގައި 50 ފޫޓު، ޖުމްލަ 2،500.00 އަކަފޫޓުގެ ބިމެކެވެ. ބިމުގެ ސަރަހައްދާއި ބޮޑުމިން އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓްކޮށްފައިވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު(ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދަންޖެހޭނީ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާއިދު (ޤަވާއިދު ނަންބަރު 2015/R-160) އާއި ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާއިދަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާއިދު (ޤަވާއިދު ނަންބަރު 2015/R-219) އާއި ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާއިދަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާއިދު (ޤަވާއިދު ނަންބަރު 2021/R-67) އާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.

ބިޑު ރަޖިސްޓްރޭޝަން

07 މެއި 2023، 14:00 ގެ ނިޔަލަށް

ލިންކް: https://forms.office.com/r/yATjsfXELC

 

މަޢުލޫމާތު ސެޝަން

10 މެއި 2023، 13:00

ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

ބީލަން ހުޅުވުން

16 މެއި 2023، 11:00

ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

07 ޝައްވާލު 1444

27   އޭޕްރިލް 2023

27 އޭޕްރިލް 2023
ހޯދާ