ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލުގެ ބޭނުންމަށް ގުދަނެއް ހޯދުން

ނަންބަރު : (IUL)ASMH-Procure/ASMH/2023/36

 

 

އިޢުލާން

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބޭނުމަށް ގުދަނެއް ހޯދުން

މިހޮސްޕިޓަލުގެ ބޭނުމަށް 01 އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއްގެ ގޮތުގައި ބޭނުންވިދާނެ އިމާރާތެއް  ހޯދަން ބޭނުންވެއެވެ.

       ވީމާ، ގދ.ތިނަދޫ އިން މިފަދަ އިމާރާތް ކުއްޔަށް ދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 27 އޭޕްރީލް 2023 އިން 04 މެއި 2023 ވަނަ ދުވަހުގެ 13:00ގެ ކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ފޯމްހުށަހަޅުއްވައިގެންނެވެ.  ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން: 27 އޭޕްރިލް 2023، މެންދުރު 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށް އަދި 6845160 ނަންބަރ ފޯނަށް ގުޅުއްވައިގެން.

އަންދާސީ ހިސާބް ހުށަހެޅުން:  10 މެއި 2023، ހެނދުނު 11:00 އަށް

ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

27 އޭޕްރިލް 2023
ހޯދާ