ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެއްލައިދޫ ކައުންސިލް ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                  

         މިއަހަރު (2023) ބާއްވާ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 ޖޫން 10 ވަނަ ދުވަހުއެވެ.

 

         ވީމާ، މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ޓީމް/ކުލަބުތަކުން 2023މެއި 04 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި އެކު މުބާރާތުގައި ބައިވެރިވުމަށްއެދޭ ފީ އާއި އަހަރީ ފީ އަދި ޓީމް/ކުލަބުގެ ރަޖިސްޓްރީ ކޮޕީ ހުށައަޅަންވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިތާރީޚުގެ ކުރިން ޓީމެއް/ކުލަބެއް އަލަށް މި މުބާރާތުގައި ބައިވެރިވާނަމަ ރަޖިސްޓްރީގެ ކަންކަން ކޮށްނިންމަންވާނެއެވެ.

މުބާރާތުގައި ބައިވެރިވުމަށްއެދޭ ފީ ގެ ތަފްސީލް

-       ފުޓްބޯޅަ މުބާރާތް : -/2000 ރުފިޔާ

-       ހޭންޑްބޯޅަ މުބާރާތް: -/1000 ރުފިޔާ

 

06 ޝައްވާލު 1444

                    26 އެޕްރީލް 2023

26 އޭޕްރިލް 2023
ހޯދާ