މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޑޭޓާ އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:       ޑޭޓާ އެޑްމިނިސްޓްރޭޓަރ

ބޭނުންވާ ޢަދަދު: 1

މުސާރަ:       10،000.00ރ

އެލަވަންސް:    ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 3،500.00ރ އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި -/50ރ މި އޮފީހުގެ ބޯޑުން ނިންމަވާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދެވޭނެއެވެ.  

ފެންވަރު ނުވަތަ ޝަރުޠު:

  1. އިންފޮމޭޝަން ޓެކްނޮލޮޖީ، ޑޭޓަބޭސް އެޑްމިނިސްޓްރޭޝަން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.
  2. މިޑިލް މެނޭޖްމަންޓްގެ ލެވެލްގައި، ކަމާގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން ރަނގަޅަށް އެނގުން. (މި ދާއިރާއިން ތަމްރީނު ލިބި ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  4. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ސިޓީ، އީ-މެއިލް ނުވަތަ ފެކްސް އަކުން އައި.ޑީ. ކާޑުގެ ކޮޕީ، ސީ.ވީ.، އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv/downloads/tor އިން ލިބެން ހުންނާނެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3309908

ފެކްސް: 3307759

އީމެއިލް: [email protected]

15 ޖަނަވަރީ 2015
ހޯދާ