ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު

މަޤާމް :ފ. އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު
ބޭނުންވާ އަދަދު :2

އިޢުލާން

ފ. އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުން

މި އިދާރާގެ ނަމްބަރު: (IUL)237-C/237/2023/2 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން އެ މަޤާމްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ 11 ވަނަ ބާބު، 70 ވަނަ މާއްދާ "ކައުންސިލްތަކުން ވިޔަފާރިކުރުން" ގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ހަމަތަކުގެމަތިން އުފެއްދުމަށް ހަމަޖެހިފައިވާ "ފ. އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނި"ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް، ބޯޑުގެ ތިރީގައި މި ދަންނަވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

 #

މަޤާމު

ޢަދަދު

1

އެގްޒެކަޓިވް ޑިރެކްޓަރު (މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒަކަޓިވް އޮފިސަރ)

1

2

މިނިވަން ޑިރެކްޓަރު

1

އެގްޒެކެޓިވް ޑިރެކްޓަރުގެ މުސާރަ: މަހަކު 10,000.00 ރުފިޔާ

އެގްޒެކެޓިވް ޑިރެކްޓަރަށް އަދި މިނިވަން ޑިރެކްޓަރަށް ބައްދަލުވުން ތަކުގައި ބައިވެރިވުމުން ސިޓިންގ އެލަވަންސް ލިބޭނެއެވެ. ސިޓިންގ އެލަވަންސް ލިބޭނީ އެޖެންޑާ ކުރެވިގެން ބާއްވާ ކޮންމެ ބޯޑުބައްދަލުވުމަކަށް 500.00 ރުފިޔާގެ ރޭޓުން މަހަކަށް ގިނަވެގެން 04 ބައްދަލުވުމަށެވެ.

ފ. އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު"ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިފާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަވާ؛ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފާވާ "ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު" (01/221/2022އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފާރާތްތަކެއްކަމުގައި ވާންވާނެއެވެ.

ތިރީގައި އެވަނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ގަވާއިދު "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ނަންބަރު: 2021/R-49) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅުއްވާފައިވާ ޝަރުތުތަކެވެ.

ފ. އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ ޝަރުތުތައް

އެގްޒެކަޓިވް ޑިރެކްޓަރު

މިނިވަން ޑިރެކްޓަރު

(ހ) އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ ދިވެއްސަކުކަމުގައިވުން

(ށ) ބުއްދި ސަލާމަތުން ހުރުން

(ނ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

(ރ) ޖިނާޢީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 03 (ތިނެއް) އަހަރު ވެފައިވުން.

(ބ) މި ޝަރުތުތަކުގެ މާއްދާ (ރ) ގައި އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

(ޅ) ދަށްވެގެން މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައި ވުމާއިއެކު، 02 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(ކ) އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

(އ) ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

(ވ) ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކަނޑައަޅާފައިވާ  ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތަކަށްވުން.

(ވ) ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތު އަދާކުރަމުން އަންނަ، ނުވަތަ އަދާކުރުމަށް ހަމަޖެހިފައިވާ ފަރާތްކަމުގައިވުން.

(ވ) ވޭތުވެދިޔާ 02 (ދޭއް) އަހަރުގެ ތެރޭގައި، މިކައުންސިލްގެ ދާއިމީ ވަޒީފާއެއްގައި ހުރެފައިވާ ފަރާތަކަށް ނުވުން.

(މ) ވޭތުވެދިޔާ 02 (ދޭއް) އަހަރުގެ ތެރޭގައި މިކައުންސިލަށް އެއްވެސް ހައިސިއްޔަތަކުން އެއްވެސް ބާވަތެއްގެ ޚިދުމަތެއް ދެމުން އަންނަ ފަރާތަކަށް ނުވުން.

މި މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، "ފ. އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ކުރިމަތިލުމަށްއެދޭ ފޯމް" އަދި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރެއްވުމަށްފަހު، 2023 މޭ 11 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ނުވަތަ  [email protected] އަށް އީމެއިލްއިން ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކާއި ކުރެވޭ އިންޓަވިއު އޮންނާނީ 2023 މޭ 15 އާއި 2023 މޭ 18 އާއި ދެމެދުއެވެ.

ބޯޑުގެ ޑިރެކްޓަރކަމަށް ކުރިމަތިލައްވާ ފަރާތްތައް، މި ކައުންސިލުން އެކުލަވާލާ ކޮމިޓީއިން އިވެލުއޭޓް ކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްކުރެވި އިންޓަވިއުކުރެވުނު ފަރާތްތަކުގެ ނަންތައް މި ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރުކަމަށް ހޮވުނު ފަރާތްތަކުގެ ވަނަވަރު ހިއްސާކުރެވޭނެއެވެ.

ފ. އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް އަދި ފޯމާއެކު ހުށަހަޅަންވީ މައުލޫމާތުތައް މިއިދާރާގެ ވެބްސައިޓު ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

26 އޭޕްރިލް 2023
ހޯދާ