ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-119000

ބޭނުންވާ އަދަދު:

1 (އެކެށް)

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން)

މަޤާމުގެ ރޭންކު:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެންފުށީ ސްކޫލް، އދ.ފެންފުށި

މުސާރަ:

ރޭންކް

މަހެއްގެ މައްޗަށް އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު، ސަރވިސް އެލަވަންސް އާއި އެކު(ދުވާލަކު 6 ގަޑިއިރު މަސައްކަތް ކުރާނަމަ)

ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު (6 ގަޑިއިރުގެ މަސައްކަތަށް)

1 ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު

ޖީ.އެސް 3

 5965.00 ރުފިޔާ

 271.14 ރުފިޔާ

 

45.19 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލްގެ އިސްވެރިޔާގެ ސެކްރެޓޭރިއެޓް އެންމެހާ ކަންކަނަކުރުން.
  2. ސްކޫލްގެ ރަސްމީ މެއިލް ޗެކްކޮށް ދުވަހުން ދުވަހަށް އެންޓްރީކޮށް ވެރިޔާއާއި ހަމައަށް ގެންދިއުން.
  3. މީމީސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4.  އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ރޫހް ހުރުން.
  5. އޮފީސް ހުޅުވުމާއި ލެއްޕުން / އޮފީސް ހުޅުވަންޖެހޭ ދުވަސްތަކުގައި ޤަވާޢިދުން އޮފީހާއި ސްކޫލްގެ އެހެނިހެން އިމާރާތްތައް ހުޅުވައި އަދި ލެއްޕުން.
  6. ކަނޑައެޅޭ މަސްތަކުގައި މުސާރަދަތުރު ބޭންކަށްގޮސް ކުރަންޖެހޭ އެންމެހާކަންކަންކުރުން.
  7.  މުޅިސްކޫލު ބައިވެރިވާ ހުރިހާ ކަމެއްގައި އަމަލީގޮތުން ބައިވެރިވުމާއެކު ވަގުތު ހޭދަކުރުން
  8. އިދާރީކަންކަމާއި ހަވާލުވެ ހުންނެވި މުވައްޒަފު އަފި އޮފީސް އެހެން މުވައްޒަފަކުވެސް ޗުއްޓީ ނުވަތަ ސަލާމުގައި ހުރެއްޖެ ހާލަތުގައި އިދާރީ މަސައްކަތުގެ އިތުރުން އެމުވައްޒަފެއްގެކަންކަން ބެހެލެއްޓުމާއި ހަވާލުވެ ހުންނެވި ވެރިޔާ އަންގަވާ މަސައްކަތް ކުރުން.
  9. ސްކޫލްގައި ދިމާވާ ބޮޑެތި ކަންތައްތަކާއި މަސްކަތްތަކުގައި އަދި ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  10. ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން މީގެ އިތުރުންވެސް އިދާރާއިން ރާވާގޮތެއްގެ މަތިން ކުރަންޖެހޭ މަސައްކަތް ކުރުން.
  11. ގުޅުންހުރި ހުރިހާ މެސެޖަކަށް ޖަވާބުދޭންޖެހޭ މުއްދަތުގައި ޖަވާބުދީ ރެކޯޑް ބެލެހެއްޓުން.
  12. ބިދޭސީ ޓިޗަރުންނާއި ގުޅުންހުރި އެޗ.އާރު މަސައްކަތްކުރުން.
  13. ކަނޑައެޅިފައިވާ ދުވަސްތަކުގައި ބެލެނިވެރިންގެ ބައްދަލުމުވަށް ޙާޛިރުވެ ޔައުމިއްޔާލިޔުން.
  14.  ގުދަނުގައި ރައްކާކުރެވޭ ތަކެތި އެތަކެއްޗައް ގެއްލުން ނުވާނޭހެން ރައްކާކުރުން.
  15. އިދާރީ މަސައްކަތްތަކުގައި ސްކޫލްގެ ވެރިންނާއި އެހެން މުވައްޒަފުންނަށް އެހީތެރިވުން.
  16. ސްޓޮކް ބެލެހެއްޓުން. އެގޮތުން ސްޓޮކްއަށް ގަންނަ ހުރިހާ މުދަލެއް ޝީޓައް އެރުވުން އަދި "ސްޓޮކް ސްލިޕް" ފުރިހަމަކޮށް ގެނައުމުން ނޫނީ ސްޓޮކްއިން މުދާ ދޫނުކުރުން.
  17. މަސައްކަތާއިގުޅޭގޮތުން ފައިލްކުރަންޖެހޭ ތަކެތި ފައިކޮށް ބެލެހެއްޓުން.
  18. މަސައްކަތާއި ގުޅޭގޮތުން މެއިލްކުރަންޖެހޭތަކެތި މެއިންކޮށް މެއިލް ބަލަހައްޓާފޮތުގައި ނޯޓްކުރުން.
  19. އޮފީހުގެ ކަރާމަތާއި ސިއްރު ހިފެހެއްޓުން.
  20. ގުދަނުގައި ރައްކާކުރެވޭ ތަކެތި އެތަކެއްޗަށް ގެއްލުން ނުވާނޭހެން ރައްކާކުރުން.
  21. ސްކޫލަކީ އެކުވެރި އެއްބައިވަންތަބައެއް އުޅޭ އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން
  22. ސްކޫލުން ޙަވާލުކުރެވޭ ޒިންމާތަކާއިގުޅިގެން ޖަވާބުދާރީވުމާއި ޒިންމާދާރުވުން
  23. އޮފީހުގެ ކަރާމަތާއި ސިއްރު ހިފެހެއްޓުން.
  24. ގޫގަލް ޑްރައިވްގައި ޝެއަރކޮށްފައި ހުންނަ މަސައްކަތާއިގުޅުންހުރި ޝިޓްތައް އަޕްޑޭޓްކުރުމާއި ބެލެހެއްޓުން.
  25. ތިޖޫރިންނެގޭ ފައިސާ އާއި ވެއްދޭ ފައިސާ ވަގުތުން ވަގުތައް ފޮތައްއަރުވައި ނޯޓްކޮށް ބެލެހެއްޓުން.
  26. އެޗް.އާރު އާއި ގުޅުން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުން، ދާއިމީ އަދި ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.
  27. އިސްވެރިޔާގެ މަޝްވަރާގެ މަތިން ޗުއްޓީ ޗިޓް ހެދުމާއި، ޗިޓް ހަވާލުކުރުން.
  28. ބިދޭސީ ޓީޗަރުންގެ ރިޒަވޭޝަން މިނިސްޓްރީ އިން އަންގާގޮތެއްގެ މަތިން ހަމަޖެއްސުން.
  29. ބިދޭސީ ޓީޗަރުންގެ އަހަރީ ޗުއްޓީއަށް ދިއުމާއި އައުމުގެ ދަތުރު މިނިސްޓްރީ އިން އަންގާގޮތެއްގެ މަތިން ހަމަޖެއްސުން.
  30. ސެކިއުރިޓީ ބެލެހެއްޓުން.
  31. ވަޒީފާ އާއި ގުޅޭ އެންމެހާކަންކަން ކުރުން، އިސްވެރިޔާގެ މަޝްވަރާގެ މަތިން ސްކޫލަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިޢުލާންކުރުމާއި ވަޒީފާހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާކަންތައްތައް ކުރުން.
  32. މުވައްޒަފުންގެ ފައިލް ތައްޔާރުކޮށް ބެލެހެއްޓުން.
  33. ވަޒީފާ އާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.
  34. މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރުކުރުން.
  35. އިސްވެރިޔާ އަންގަވާ ގޮތުގެ މަތިން ވަޒީފާގެކުރިއެރުން ލިބޭމުވައްޒަފުންނަށް ކުރިއެރުން ހޯދައިދިނުން.
  36.  އަލަށް ވަޒީފާއާއި ގުޅޭ މުވައްޒަފުންގެ ހުރިހާ މަސައްކަތެއްކުރުން.
  37. ވިއުގަ އެންޓްރީ ލެވަލްއިން ކުރަންޖެހޭ އެންމެހާކަންކަންކުރުން.
  38. ޑީ.ޕީ.އީގެ އިމްތިޙާންތަކާއި ގުޅޭ އެންމެހާކަންތައްތައް ކޯޑިނޭޓްކުރުން، ޑީ.ޕީ.އީޑގެ ކޯޑިނޭޓަރގެ ހައިޞިއްޔަތުން ކުރަންޖެހޭ އެންމެހާކަންކަން ބެލެހެއްޓުމާއި އިދާރީ ގޮތުން ބަލަހައްޓަންޖެހޭ ހުރިހާ ލިޔެކިޔުންތައް ބެލެނެއްޓުން.
  39. ޑީ.ޕީ.އީގެ މެއިން ޤާވާއިދުން ކޮންމެ ދުވަހަކު ބެލަހައްޓައި ޖަވާބުދޭންޖެހޭ މެއިލްތަކަށް ވަގުތައް ޖަވާބުދިނުން.
  40. ސްކޫލަށް ލިބޭ އިމްތިޙާންތަކާއިބެހޭ އެންމެހާ ލިޔުންތައް ނުކަނޑާ ލަސްނުކޮށް އިސްވެރިޔާއަށް އެރުވުން.
  41. ސްކޫލަށް ހޯދޭ ތަކެތީގެ ތެރެއިން އިންވެންޓްރީއަށް އަރުވަންޖެހޭތަކެތި އިންވެންޓްރީއަށް އެރުވުން. އެގޮތުން ތަނަށް ގަންނަ ނުވަތަ ހަދިޔާގެ ގޮތުގައިލިބޭ ހުރިހާ މުދަލެއްވެސް ޝީޓައްއެރުވުމާއި އިންވެންޓްރީ ފޮތުގައި ލިޔެ ބަލަހައްޓަން ވާނެއެވެ. އިންވެންޓްރީ ފޮތުގައި  މިދަންނަވާ މަޢުލޫމާތު ހުންނަންވާނެއެވެ. ކޯޑު ނަންބަރު (މި ނަންބަރު މުދަލުގައިވެސް ޖަހަންވާނެއެވެ.)، މުދަލުގެ ފުރިހަމަ ނަމާއި ތަފްޞީލް (ބްރޭންޑް، މޮޑެލް، ސީރިއަލް ނަންބަރު، މިން ނުވަތަ ބަރުދަން، މުދަލުގެ ޙާލަތު މިނޫންވެސް މުހިއްމު މަޢުލޫމާތު ހިމަނަންވާނެއެވެ. މުދާ ހުރިތަން، ލިބުނު ތާރީޚް، މުދަލުގެ އަގު

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ' ނުވަތަ އެއާ އެއް ފެންވަރެއްގެ އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން  'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ  ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން .

ނުވަތަ،

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  3 ގެ ސެޓްފިކެޓް 3 ހާސިލުކޮށްފައިވުމާއެކު، 'ސެކެންޑަރީ  ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނޯޓް:

މަތީގައިވާ ދެވަނަ ޝަރުޠުން މަޤާމަށް ޝަރުޠު ހަމަކުރުމުގައި، މަޤާމަށް ކުރިމަތިލާފައިވާ ފަރާތުން 'ދިވެހި ބަހުގެ ދާއިރާ' އިންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްޙާޞިލްކޮށްފައިވުމާއެކު، އެ ސަނަދުން ޖީ.އެސް. 3 ގެ ޝަރުޠުގައި ހިމެނޭ ދެ ކޮމްޕޯނަންޓް ފުރިހަމަވާ ކަމުގައި (އެ ސަނަދުންމަޤާމަށް ޝަރުޠު ހަމަވާކަމުގައި) ބެލޭނެއެވެ.

މަޤާމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގު(ތައް)

  • ނެތް

ޕްރިފަރޑް ޑިސިޕްލިން

  • ނެތް

ކޯ ޑިސިޕްލިން  

  • ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 އަސާސީ ޝަރުތު ހަމަވުމުން

30

 އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

 އިންޓަރވިއު

35

 

 

 

 

 

 

 

 

ނޯޓް:މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 މޭ 2023 ގެ 13:00ގެ ކުރިން، ފެންފުށީ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އެސެސްމަނޓް އޮންނާނީ، 04 މޭ 2023 އާއި 14 މޭ 2023 އާ ދެމެދު، ފެންފުށީ ސްކޫލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680817 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

26 އޭޕްރިލް 2023
ހޯދާ