މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތްކުރުމާއި ގުޅޭ

އިޢުލާން

          މިހާރަކަށް އައިސް ބައެއް ފަރާތްތަކުން  ކުރެހުން ހުށަހަޅާ ހުއްދަ ނެގުމެއްނެތި  6 މީޓަރަށްވުރެ އުސްކޮށް އިމާރާތްކޮށް އެޢިމާރާތް އެކި ކަންކަމަށާއި އެކި ބޭނުންތައް ކުރުމުގެ  ހުއްދަ ހޯދުމަށް މި ކައުންސިލަށް ހުށަހަޅަމުންދެއެވެ.

          ވީމާ، 6 މީޓަރަށްވުރެ އުސްކޮށް ޢިމާރާތް ކުރާނަމަ އިމާރާތް ކުރުމުގެ ގަވާއިދާ އެއްގޮތަށް ކުރެހުންތައް ހުށަނާޅާ ފާސްނުކޮށް އެކިބާވަތުގެ ކަންކަމަށް ހުއްދައަށް އެދި ލިއުން ހޯދަން އެދުނު  ނަމަވެސް އެފަދަ ތަންތަނަށް ހުއްދަދެވެން ނޯންނާނެ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.  

25 އޭޕްރިލް 2023
ހޯދާ