މަޑުއްވަރީ ސްކޫލް/ ރ. މަޑުއްވަރީ
ދިވެހިރާއްޖެ
މި ސްކޫލުގެ މަލްޓީޕާޕަސް ހޯލާއި 8 ކުލާސްރޫމު އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އިޢުލާންވަނީ 26 އޭޕްރިލް 2023 20:19 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މި ސްކޫލުގެ މަލްޓީޕާޕަސް ހޯލާއި 8 ކުލާސްރޫމު އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އަންދާސީ ހިސާބު ހުށަހެޅުން

މި ސްކޫލުގައި އަލަށް އިމާރާތްކުރެވުނު މަލްޓިޕަރޕަސް ހޯލާއި 8 ކުލާސްރޫމުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި މަރާމާތުކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  1. 4 ވަނަ ފަންގިފިލާގައިވާ ދަރިވަރުން ބޭނުންކުރުމަށް ހަރުކުރެވިފައިވާ ފެންކޫލަރ ބަދަލުކުރުން
  2. ހުރިހާ ބޮޑުދޮރުގައި އަޅުވާފައިވާ ޑޯ ކުލޯޒަރތައް ބަދަލުކުރުން
  3. ހުރިހާ ކުލާސްތަކެއްގެ އަދި ހޯލުގެ ކުޑަދޮރުތަކުގެ ފާރާއި ދޮރުކަންޏާއި ދޭތެރެއަށް ރަނގަޅަށް ސެލްކޯން އަޅާ މަރާމާތުކުރުން
  4. ރެނދުތައް ބެއްދުން
  5. ކުލާސްތަކުގެ ކަރަންޓު މައްސަލަ ރަނގަޅުކުރުން
  6. ސްޓޭޖު ދޮރުތައް މަރާމާތުކުރުން
  7. ފާހާނާތަކުގެ މޫނު ދޮންނަ ތަށިތަކުގެ ފެންދާ ހޮޅިތައް މަރާމާތުކުރުން
  8. އަންހެން އަދި ފިރިހެން ދަރިވަރުންގެ ފާހާނާގެ ލޯގަނޑުތަކުގެ މެރޯކަން މަރާމާތުކުރުން ނުވަތަ އައު ލޯގަނޑު ހަރުކުރުން
  9. ޕެކިން ނުވެހުރުމުގެ ސަބަބުން ފެން ވަންނަ ކުޑަދޮރުތައް ފެން ނުވަންނާނެހެން މަރާމާތުކުރުން
  10. ދަބަރު ޖަހާފައިވާ ފަންކާތައް މަރާމާތުކުރުން
  11. ބޭރު ބޮކިތައް ބަދަލުކުރުން
  12.  ބޭރުފާރުގައި ކުލަ ލާންޖެހޭ ތަންތާގައި ކުލަލުން

ބައިވެރިވާން އެދޭ ފަރާތްތަކުން ނަންނޯޓް ކުރެއްވުން:

26 އެޕްރީލް 2023 ން 30 އެޕްރީލް 2023 ށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން 13:00 ށެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ:

30 އެޕްރީލް 2023 ވަނަ ދުވަހު 13:00 ގައި މަޑުއްވަރީ ސްކޫލުގައެވެ.

ބީލަން ހުޅުވުން އޮންނާނީ:

4 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މަޑުއްވަރީ ސްކޫލުގައެވެ.

 

 

 

 

 

 

 

  • ނަންނޯޓް ކުރުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަމްބަރު: 6580146 އާއި ގުޅުއްވުން އެދެމެވެ.                 
25 އޭޕްރިލް 2023
ހޯދާ