އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ފެންފުށީ ޒުވާނުންގެ 1 ވަނަ ފުޓްބޯޅަ މުބާރާތުގެ ޓީމް ލިސްޓް ހުށައަޅަން ހުޅުވާލުން

ފެންފުށީ ޒުވާނުންގެ 01 ވަނަ  ފުޓްބޯޅަ މުބާރާތު ގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮއްފައިވާ ޓީމްތަކުން 03 މޭ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އދ. ފެންފުށީ ޒުވާނުންގެ 1 ވަނަ ފުޓްބޯޅަ މުބާރާތުގެ ޓީމް ލިސްޓް ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.

 ޓީމްލިސްޓް ހުށަހަޅާ ފޯމް ރަސްމީ ގަޑީގައި މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށްއެދި މިކައުންސިލްގެ އިދާރާގައި ރަޖިސްޓަރީކޮށްފައިނުވާ ޓީމްތަކަށް ޓީމް ލިސްޓް ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދަންނަވަމެވެ. އަދި ސުންގަޑި ހަމަވުމުގެ ކުރިން ޓީމްލިސްޓް ހުށަނާޅާ ޓީމްތަކަށް މުބާރާތުގައި ކުޅުމުގެ ފުރުޞަތު ނުލިބޭނެވާހަކަވެސް ދެންނެވީމެވެ. 

25 އޭޕްރިލް 2023
ހޯދާ