ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާނު ސާފުކުރުން

މިރަށު ގަބުރުސްތާނު ސާފް ކުރުމަށްޓަކައި،  ގަބުރުސްތާނުގައި ބޯވެފައިވާ ވިނަތައް ނޮޅައި އަދި ގަސްތައް ނަގައި މިކައުންސިލުން އަންގާ ގޮތެއްގެ މަތިން މިސަރަޙައްދު ސާފްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް ހުޅުވާލެވިފައިވަނީ އަމިއްލަ ފަރާތްތަކަށާއި އަދި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކާއި ކުލަބް ޖަމްޢިއްޔާތަކަށެވެ. އަގުހުށަހަޅުއްވާއިރު، އަމިއްލަ ފަރާތެއްނަމަ އައި ޑީ ކާޑް ކޮޕީ އަދި ވިޔަފާރި ނުވަތަ ޖަމްޢިއްޔާއެއްނަމަ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1އަގެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 4 މޭ 2023ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިއިދާރާއަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

 

  • އެސްޓިމޭޓްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނެގޮތް:

މާކުސްދެވޭ ކުރައިޓީރިއާ

މާކްސްދެވޭ ގޮތް

ތަފްސީލް

ފޯމިއުލަރ

އަގު

95%

v      މަސައްކަތުގެ އަގައްދޭ މާކްސް:

 

v      މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިންގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

5%

v            ހަވާލުކުރެވޭ މަސައްކަތް ނިންމާ މުއްދަތަށް ދޭ މާކްސް:

 

v      މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަށެވެ.

 

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

 

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އޭޕްރިލް 2023
ހޯދާ