ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެ ގޯލް ހެދުން

       މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި 2ގޯލް ހަދައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި (IUL)384-A/2023/18 ނަމްބަރ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މޭ 2023ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު  [email protected] އަށް  އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ރަޖިސްޓްރޭޝަން ފޯރމް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. ނުވަތަ މަތީގައިވާ ތާރީޚްގެ ކުރިން ރަސްމީ ގަޑީގައި މިކައުންސިލަށް ޙާޟިރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

                         މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް

އަންދާސީހިސާބު ހުށަހެޅުމަށް

03 މޭ 2023 ބުދަ ދުވަހުގެ 11.00 ގެ ކުރިން

7 މޭ 2023ވާ އާދިއްތަ ދުވަހު 11.00އަށް

                         އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ފޯރމް ހުށަހަޅުއްވާ ފަރާތްތަކުން މެއިލް ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6780034 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

                        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އޭޕްރިލް 2023
ހޯދާ