މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މުވައްޒަފުންނާއި ބަންދު މީހުންނަށް ކައްކައި ކާންދިނުމާބެހޭ

މި ސަރވިސް ގެ ދަށުން ހިނގަމުންދާ ހުޅުމާލެ ޖަލުގެ މުވައްޒަފުންނާއި، ބަންދު މީހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މިއޮފީހަށް (ޣާޒީ ބިލްޑިންގ، 1 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

22 ޖަނަވަރީ 2015

ބުރާސްފަތި

11:00

އަންދާސީހިސާބު ހުށަހެޅުން

28 ޖަނަވަރީ 2015

ބުދަ

11:00

20 ރަބީޢުލްއައްވަލް 1436

11 ޖަނަވަރީ 2015
ހޯދާ