ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގޫދޫ އިޖްތިމާޢީ މަރުކަޒުގެ ހުޅަނގު ފަރާތު ޢިމާރާތްކުރެވިފައިވާ ޕޮލިސް ޝްޓޭޝަންގެ ވަށާފާރު ރޭނުމުގެ މަސައްކަތް

އިޢުލާން

ވަށާފާރު ރާނައިދޭނެ އަންދާސީ ހިސާބު ހޯދުމާގުޅޭ

1.  މަގޫދޫ އިޖްތިމާޢީ މަރުކަޒުގެ ހުޅަނގު ފަރާތު ޢިމާރާތްކުރެވިފައިވާ ޕޮލިސް ޝްޓޭޝަންގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައިކޮށްދޭނެ އަންދާސީ ހިސާބު ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު:IUL372-A1/372/2023/22 އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބްތަކުގައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ. ވީމާ، ވީމާ މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 އޭޕްރީލް 27 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށައެޅުއްވުން އެދެމެވެ.

މި ބީލަމުގައި ކުރިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން މި އިޢުލާނާއި ގުޅިގެން ރަޖިސްޓްރީ ވާކަށްނުޖެހޭނެއެވެ. އަދި ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ރަޖިސްޓްރީ ފީ

ބީލަމުގައި ރަޖިސްޓްރީވުމަށް 150.00ރ (ސަތޭކަފަންސާސްރުފިޔާ) ގެ ނަން- ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. ފައިސާ ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ. އޮންލައިންކޮށް ރަޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލް ކުރެއްވުން އެދެމެވެ.

ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން

2023 އޭޕްރީލް 30 ވަނަ ދުވަހުގެ 13:00 ށް މި އިދާރާއަށް ދުރުވެ ބީލަން ހުށައަޅަންވާނެއެވެ.

ބީލަން ހުޅުވާނީ 2023 އޭޕްރީލް 30 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.

 

2.  މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. ބީލަން ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ފ. މަގޫދޫ އިޖްތިމާޢީ މަރުކަޒުގެ ހުޅަނގު ފަރާތު ޢިމާރާތްކުރެވިފައިވާ ޕޮލިސް ޝްޓޭޝަންގެ ވަށާފާރު ރޭނުމުގެ މަސައްކަތް / (އިޢުލާނު ނަންބަރު) "  ލިޔެފައި އޮންނަން ވާނެއެވެ.

3.  މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެޕޮލްމަންޓްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި / ކުންފުނީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރި / ކުންފުނި ތަކަށް އެކަންޏެވެ.

4.  ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

5.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.

24 އޭޕްރިލް 2023
ހޯދާ