ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

          

 

މަޤާމު:

މަސައްކަތު

 

މަޤާމުގެ ބާވަތް:

ވޭޖް  

ބޭނުންވާ ޢަދަދު:

02 (ދޭއް)

 

މަސައްކަތް ކުރަންޖެހޭ އިދާރާ

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ

މުއްދަތު:

01 މެއި 2023 ން 31 ޖެނަވަރީ 2024 ގެ ނިޔަލަށް

މުސާރަ:

-          މަސައްކަތްކުރާ ގަޑިއަކަށް -/50 ރުފިޔާ (ފަންސާސް ރުފިޔާގެ)

-          އިތުރު ގަޑީގެ ގޮތުގައި މަސައްކަތް ކުރާނަމަ ގަޑިއަކަށް : -/25 ރުފިޔާ (ފަންސަވީސް ރުފިޔާ)

-          ރަމަޟާން އެލަވެންސް: -/3000 ރުފިޔާ (ތިންހާސް ރުފިޔާ)

މަސައްކަތް ކުރަން ޖެހޭ ގަޑި:

ހުކުރު ދުވަސް ފިޔަވައި ދުވާލަކު 04 ގަޑި އިރު

 

ފެންވަރު ނުވަތަ ޝަރުޠު: 

(ހ) އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން

(ށ) ޢުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައި ވުން.

(ނ) ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ ފަރާތެއް ކަމުގައި ނުވުން.

މަސްއޫލިއްޔަތު:       

  1. ރަށުގެ ކުނިގޮޑު ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.
    1. ކުނި އަޅާސަރަހައްދުގައި ޖަމާވާ ކުނި ގިނަވިޔަ ނުދީ އެންދުން.
    2. ކުނިގޮނޑު ސަރަހައްދާ ކުނި ގޮނޑަށްދާ މަގު ވާވިޔަ ނުދީ ބަލެހެއްޓުން.
    3. އެ ސަރަހައްދަކަށް އުކުމަށް ކަނޑަ އެޅިފައިވާ ކުނި އަޅަނީ ކަނޑަ އެޅިފައިވާ ސަރަހައްދައްތޯ ބެލުން.
    4. ކުނި އަންދާއިރު އުފެދޭ އަޅި ގިނަވިޔަ ނުދީ އަޅި އެޅުމަށް ހަމަޖެހިފައިވާ ތަނަށް އަޅި އެޅުން.
    5. ގޮނޑު ސާފުކޮށް ބޭއްވުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް އުތީމު ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުރުން.
    6. ކައުންސިލުން އެދިއްޖެ ހިނދެއްގައި ޢިޖުތިމާޢީ ސަރަހައްދާއި ބަނދަރު ސަރަހައްދުގެ ކުނި، ކުނި ގޮނޑަށް ގެންގޮސް ދިނުން.
    7. ވަޒީފާއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތަށް ކުރުމާއި ކައުންސިލަށް އެއްބާރުލުންދީ ކައުންސިލުން އެދޭ މަސައްކަތް ތަކުގައި ބައިވެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ކައުންސިލް އިދާރާގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އުތީމު ކައުންސިލް އިދާރާގެ    ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.

(މީހުން ނެގުމުގައި އެއްގަމު އުޅަދުގެ ކެޓަގަރީ C4 ލައިސަންސް އޮތް ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އޭޕްރީލް 30 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected]  ، އެވެ.  އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2023 އޭޕްރީލް 30 ވާ އާދިއްތަ ދުވަހު ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާގައެވެ.

24 އޭޕްރިލް 2023
ހޯދާ