ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ފ. ދަރަނބޫދޫގައި ތެލުގެ ވިޔަފާރިކުރުމަށް ބިން ދޫކުރުން.

މިއިދާރާގެ ނަންބަރު:(IUL)373/INDIV/2023/32(19 މާރިޗު 2023) އިޢުލާނާއި ގުޅިގެން އެއްވެސްފާރާތަކުން މައުލޫމާތު ސާފުކުރަން ހާޒިރުވަފައި ނުވާތީ އެއިޢުލާން ބާތިލުކޮށް، ފ. ދަރަނބޫދޫ ބަނދަރުގެ ހުޅަނގު ކޮޅުންތެލުގެ ވިޔަފާރި ކުރުމަށް 30 އަހަރު ދުވަހުގެމުއްދަތައް 1400 އަކަފޫޓްގެ ބިމެއް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2023 އެޕްރީލް 30ވަނަ ދުވަހުގެ 13.30އަށް މިކައުންސިލަށް ވަޑައިގެން، މަޢްލޫމާތު ސާފުކުރެއްވުމަށްފަހު، 2023 މެއި 07ވަނަ ދުވަހުގެ 13:30 ގެ ކުރިން މި ކައުންސިލުން ތައްޔާރުކޮށްފައިވާ ނަމޫނާއާއި އެއްގޮތަށް ވިޔަފާރި ޕްލޭން ހުށަހެޅުއްވުމަށް ހުޅުވާލައި އެކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާނު ކުރީމެވެ.

ވިޔަފާރި ޕްލޭންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި މި ކައުންސިލަށެވެ. އަދި ހުށަހަޅުއްވާ ކޮންމެ ފަރާތަކަށް ހުށަހެޅޭނީ 01 (އެކެއް) ވިޔަފާރި ޕްލޭން އެވެ.

މަޢްލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ވިޔަފާރި ޕްލޭނާއި، ކައުންސިލުން ވިއްކާ ފޯމު ފިޔަވައި އެހެން ފޯމެއްގައި ހުށަހަޅާ ވިޔަފާރީގެ ޕްލޭން ބަލައެއް ނުގަނެވޭނެއެވެ. އަދި ކައުންސިލުން ތައްޔާރުކޮށްފައިވާ ނަމޫނާއާއި އެއްގޮތަށް ހުށަހަޅާފައި ނުވާ ވިޔަފާރި ޕްލޭން ތަކާއި، މަޢްލޫމާތު ފުރިހަމަ ނުވާ ޕްލޭންތައް ބާޠިލުވާނެ ވާހަކަ ދަންނަވަމެވެ.

ތެލުގެ ވިޔަފާރި ކުރުމަށް ބިން ހޯދުމަށް އެދި ހުށަހަޅަންޖެހޭ ވިޔަފާރި ޕްލޭން ހުށަހަޅާ ފޯމެއްގެ އަގަކީ -/100ރ. (ސަތޭކަ ރުފިޔާ) އެވެ. ފޯމު ގަތުމަށް ދައްކާ ފައިސާއަކީ ރީފަންޑު ކުރެވޭނެ ފައިސާއެއް ނޫނެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޝައްވާލް 1444

24 އޭޕްރިލް 2023
ހޯދާ