މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ފަންޑް އެނަލިސްޓް

މަޤާމުގެ ނަންބަރު:

J-304443

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް، ކ. މާލެ

މުސާރަ:

6،295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2،000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

- މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދެވޭ ކޯ ޑިސިޕްލިންއަކީ އެކައުންޓިންގ އަދި ފައިނޭންސް އެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ލޯކަލް ކައުންސިލްތަކުގެ ބަޖެޓާ ގުޅިގެން ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ލާމަރުކަޒީ ޤާނޫނާއި އެއްގޮތަށް ކައުންސިލްތަކުގެ ބަޖެޓާއި، ދައުލަތުން ކައުންސިލްތަކަށްދޭ އެހީއާއި ގުޅުންހުރި މަސައްކަތްތައް ކުރުމުގައި ކަމާގުޅޭ ސެކްޝަނާއިއެކު މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުން. އަދި ކައުންސިލްތަކުން ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓް ހެދުމުގައި ފަންނީ އެހީއަށް އެދިއްޖެނަމަ އެކަމަށް ކަމާބެހޭ ސެކްޝަނެއް މެދެވެރިކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  3. ކައުންސިލްތަކުން ކުރާ ޚަރަދުތައް މާލިއްޔަތުގެ ގަވައިދާއި އެއްގޮތަށް ކުރުމަށް ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން. އަދި މާލިއްޔަތުގެ ގަވާއިދާއި ފުށުއަރާ ގޮތަށް ޚަރަދުކުރާކަން ފާހަގަކުރެވިއްޖެނަމަ، އެކަންތައްތައް އިސްލާހު ކުރުމަށް ކައުންސިލްތަކަށް އަންގާ އެހީތެރިކަން ފޯރުކޮށްދިނުން. އަދި ޚަރަދުކުރުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވައިދާއި އެއްގޮތަށް އުސޫލުތައް ބައްޓަންކޮށް، ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ލޯކަލް ކައުންސިލްތަކުން ބޭނުންކުރާ އެކައުންޓިންގ ސޮފްޓްވެއަރއާއި ގުޅުންހުރި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކަށް ލަފާދީ، އިސްލާޙު ކުރަންޖެހޭ ކަމެއް ފާހަގަ ކުރެވިއްޖެނަމަ، ކަމާގުޅޭ ފަރާތްތަކާއިއެކު އެކަން އިސްލާޙުކުރުމަށް މަސައްކަތްކުރުން.
  5. ކައުންސިލްތަކުން ޚަރަދުކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި، މެނުއަލްތައް ކަމާއިގުޅޭ ސެކްޝަންތަކާއި އެކު ތައްޔާރުކުރުން.
  6. ލޯކަލް ކައުންސިލްތަކުން ޓްރަސްޓް ފަންޑު ޤާއިމްކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ޓްރަސްޓް ފަންޑުތައް، ފައިނޭންޝަލް ކޮންޓްރޯލަރގެ ލަފާގެ މަތިން ޤާއިމްކޮށްދިނުން. އެގޮތުން ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓްރަސްޓް ފަންޑާއި ގުޅުންހުރި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން. އަދި އިސްލާހުކުރަން ކައުންސިލްތަކުން ހުށަހަޅާ ޓްރަސްޓް އެކައުންޓުތައް، ފައިނޭންޝަލް ކޮންޓްރޯލަރގެ ލަފާގެ މަތިން އިސްލާހުކޮށްދިނުން. މީގެ އިތުރުންވެސް ލޯކަލް ކައުންސިލްތަކުގެ ޓްރަސްޓް ފަންޑުތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.
  7. ލޯކަލް ކައުންސިލްތަކުގެ ހިސާބުތައް ރިކޮންސައިލްކުރުމުގެ މަސައްކަތުގައި ކަމާގުޅޭ ސެކްޝަންއާއި ގުޅިގެން ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  8. ލޯކަލް ކައުންސިލްތަކުގެ ހަރުމުދަލުގެ ދަފްތަރު އެކުލަވާލާ ބެލެހެއްޓުމުގައި އެހީތެރިވެދީ ފަންނީ ލަފާދިނުން. އަދި ލޯކަލް ކައުންސިލްތަކަށް ހޯދާ މުދާ ހޯދާ ނައްތާލައި އަދި ވިއްކުމުގައި ޢަމަލުކުރާ އުޞޫލަކީ ދައުލަތުގެ ހަރުމުދާ ހޯދާ، ނައްތާލާ އަދި ވިއްކާލުމަށް ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތްތޯ ބަލައި، އެއްގޮތްނޫންނަމަ އެއްގޮތްކުރުމަށް މަސައްކަތްކުރުން. އަދި އެއުޞޫލުތަކާއި އެއްގޮތަށް ކައުންސިލްތަކުން މަސައްކަތްކުރޭތޯ ބެލުން.
  9. ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ލޯކަލް ކައުންސިލްތަކުން ރިޒާރވްގެ ގޮތުގައި ފައިސާ ރައްކާކުރޭތޯ ބެލުން. އަދި އެފައިސާއިން ޚަރަދުކުރަނީ މާލިއްޔަތުގެ ގަވާއިދާއި، ލާމަރުކަޒީ ޤާނޫނާއި އެއްގޮތަށްތޯ ބެލުން. އަދި އެކަމުގައި ލޯކަލް ކައުންސިލްތަކަށް ފަންނީ އެހީތެރިކަން ބޭނުންވާނަމަ އެފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  10. ލޯކަލް ކައުންސިލްތަކުގެ ކޮމިޓްމަންޓުތައް (އެކި ފަރާތްތަކަށް ދައްކަން އެއްބަސްވެފައިވާ ފައިސާ) ރިކޯޑުކުރުމަށް އެހީތެރިވުން.
  11. ލޯކަލް ކައުންސިލްތަކުގެ ދަރަނި އެކައުންޓުކޮށް ރިކޯޑުކުރުމަށްޓަކައި ކަމާގުޅޭ ސެކްޝަންތަކާއިއެކު ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:  

  1. އެކައުންޓިންގ
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  3. ބިޒްނަސް މެނޭޖްމަންޓް 
  4. އިކޮނޮމިކްސް
  5. ފައިނޭންސް
  6. ޕްރޮޖެކްޓު މެނޭޖުމަންޓު

 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިންތައް: 

ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  1. އެކައުންޓިންގ
  2. ފައިނޭންސް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ފައިނޭންސް
  2. އެކައުންޓިންގ

 

ނޯޓު: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ/ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 މެއި 2023 ގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި މިނިސްޓްރީގެ އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

  

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 08 މެއި 2023 އާއި 21 މެއި 2023 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

04 ޝައްވާލް 1444

24 އޭޕްރިލް 2023

24 އޭޕްރިލް 2023
ހޯދާ