މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމު:

ސީނިއަރ ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ އަދަދު

1 (އެކެއް)

މަގާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS.3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޜަން

ލެބޯޓްރީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ލެބޯޓްރީގައި ކުރަމުންގެންދާ ތެލަސީމިއާ ޓެސްޓްކުރުމާއި، ލެބޯޓްރީގައި ކުރަންޖެހޭ އެހެނިހެން ޓެސްޓްތައް ކުރުން.
  2. ލެބޯޓްރީން ދޫކުރެވޭ ރިޕޯޓްތަކާއި ނަތީޖާތައް ޗެކްކޮށް ބެލުމާއި، ލެބޯޓްރީގައި ބޭނުންކުރާ ޕްރޮޓޮކޯލްސް، ގައިޑްލައިންސް،  އެސް.އޯ.ޕީ ފަދަ ތަކެތި ތައްޔާރުކުރުން.
  3. ލެބޯޓްރީގެ ޓެސްޓްތައް ކުރުމަށް ބޭނުންވާ ލެބޯޓްރީ ރިއެޖެންޓްސް، ކެމިކަލްފަދަ ތަކެތި ގަވާއިދުން އޯޑަރުކޮށްގެން ހޯދުމާއި، އެތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި، ތަނުގެ މަސައްކަތް މެދުނުކެޑި ކުރިއަށްގެންދެވޭނެގޮތަށް ރާވައި ހަމަޖެއްސުން.
  4. ލެބޯޓްރީގައި ގެންގުޅޭ މެޝިނަރީތަކާއި އިކްވިޕްމަންޓުތައް ބެލެހެއްޓުމާއި، ލެބޯޓްރީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ލެބޯޓްރީން ޑިސްކާޑްކުރަންޖެހޭ ބްލަޑް ފަދަ ތަކެތި ޑިސްއިންފެކްޓްކޮށް، އޮންނަ ޤަވާއިދެއްގެމަތިން ނައްތާލުމުގައި ކުރަންޖެހޭ ކަންތައްތައް ކުރުވުން.
  1. ލެބޯޓްރީ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކުރުމާއި، ޕަރފޯމަންސް އެޕްރައިސަލް ހެދުން.

ތަޢުލީމާއި ތަޖުރިބާ

  1. ލެބޯޓްރީގެ ދާއިރާއިން އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ލެބޯޓްރީގެ ދާއިރާއިން އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު:

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ އަދަދު

1 (އެކެއް)

މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޜަން

ލެބޯޓްރީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ލެބޯޓްރީގައި ކުރަންޖެހޭ އަދި ކުރަމުންގެންދާ ހުރިހާ ޓެސްޓްތައް ކުރުމާއި، ޕޭޝަންޓުންގެ ލޭނެގުން.
  2. ލެބޯޓްރީން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓާއި ލިޔުން ފަދަ ތަކެތި އެފަރާތްތަކަށް ފޮނުވުމާއި އޭގެ ރިޕޯޓްތަކާއި ރެކޯޑްތައް ބެލެހެއްޓުމާއި ކައުންސިލިންގ ދިނުން.
  1. ލެބޯޓްރީން ދޫކުރެވޭ ރިޕޯޓްތަކާއި ނަތީޖާތައް ޗެކްކޮށް ދޫކުރުން.
  2. ލެބޯޓްރީގައި ގެންގުޅޭ މެޝިނަރީތަކާއި އިކްވިޕްމަންޓްތައް ސާފުކުރުމާއި، ބެލެހެއްޓުމާއި، ލެބޯޓްރީއަށް ލިބޭ މެޝިނަރީސް، އިކްވިޕްމަންޓްސް،ރިއޭޖެންޓްސް، ކޮންޒިއުމަބަލްސް ފަދަ ތަކެތި ޗެކްރުމަށްފަހު ބަލައިގަތުން.
  3. ޑޯނަރުންގެ ގައިން ލޭނެގުމުގެ ކުރިން ކުރަންޖެހޭ ޓެސްޓްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ލެބޯޓްރީ ދާއިރާއިން އޮނިގަނޑު ލެވަލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1

 GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން

އެޑްމިނިސްޓްރޭޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މެޑިކަލް ސަޕްލައިސްއާއި ޖެނެރަލް ސަޕްލައިސް ހޯދައިދިނުމާއި، އޮފީހަށް ލިބޭ އެންމެހައި ތަކެތި ހަވާލުވެ، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  2. އިންވެންޓްރީ ބެލެހެއްޓުމާއި، އޮފީހުގެ މެއިންޓެނެންސްގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، އޮފީހުން ޗާޕުކުރަންޖެހޭ ހުރިހާ ތަކެއްޗެއް ޗާޕުކުރުމުގެ އެންމެހައި ކަންކަން ކުރުމާއި ބެލެހެއްޓުން.
  3. އޮފީހަށް ލިބޭ އެންމެހައި ލިޔެކިޔުންތައް ހަވާލުވެ، އެންޓްރީކޮށް، އެއާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  4. އޮފީހުގެ މަސަތްތަކަތާގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ތަންތަނަށް އެތަކެތި ފޮނުވައި، ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

 

 

 

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ www.mbs.gov.mv  ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީ)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • މީހުންނާ ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.
  • އިނގިރޭސި ބަހުގެ ފެންވަރު.
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަން އެނގުން / މަސައްކަތް ރާވައި ހިންގުމުގެ ޤާބިލްކަން ހުރުން.

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ރަމަޟާންމަހުގެ ޢިނާޔަތް.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.
  • ޑިއުޓީ އުޞޫލުން މަސައްކަތް ކުރަންޖެހޭނަމަ، ކަނޑައެޅިފައިވާ އުޞޫލުން ޑިއުޓީ އެލަވަންސް.

ސުންގަޑި

2015 ޖަނަވަރީ 25 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން، މޯލްޑިވިއަން ބްލަޑް ސަރވިސަސް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ފެބުުރުވަރީމަހުގެ ތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސް (މަޖީދީމަގު) ގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ 3333886 އެވެ.

       22 ރަބީޢުލްއައްޥަލް 1436
13 ޖަނަވަރީ 2015
ހޯދާ