އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ތ. ގާދިއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން - ނަންތައް ތަރުތިބުކުރުން

ނަންބަރު: IUL)38-AC/38/2023/177)

އިޢުލާން

ތ. ގާދިއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

2023 ޖޫން 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ތ. ގާދިއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު، ޤާނޫނު ނަންބަރު: 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 14 ވަނަ މާއްދާ އާއި ގަވާއިދު ނަންބަރު: 2020/R-7 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކެންޑިޑޭޓުންގެ ނަންތައް ޢާންމުކޮށް އިޢުލާން ކުރަމެވެ.

N9

ތ. ގާދިއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

ލޯގޯ

ކެންޑިޑޭޓް ނަންބަރު 1

 މަރްޔަމް ޙަސަން، މީނާޒް، ތ.ގާދިއްފުށި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

 ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ހ.ޝަރާޝަ، މާލެ

ކެންޑިޑޭޓް ނަންބަރު 2

 ނިހާމާ ޢަބްދުﷲ، ހުދުފިނިފެންމާގެ، ތ.ގާދިއްފުށި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް

 ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ހ.ހުރަފަ، މާލެ

20 އޭޕްރިލް 2023
ހޯދާ