ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ދާއިމީ)

އިޢުލާން

ވަޒީފާގެ ފުރުޞަޠު

މި ކޯޓަށް ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށް ޢާންމުކޮށް އިޢުލާނުކުރީމެވެ.

މަޤާމް

މަސައްކަތު (ދާއިމީ)

ރޭންކް:

 އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

އަސާސީ މުސާރަ

މަހަކު -/3،100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް

މަހަކު -/1،000 ރުފިޔާ (އެއްހާސް ރުފިޔާ)

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަނާއި ޔުނިޓް

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް

ތަޢުލީމް/ ތަމްރީނާއި އެހެނިހެން ސިފަތައް/ މަސައްކަތުގެ ތަޖުރިބާ

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން އެނގުން (ލިޔަންކިޔަން އެނގޭކަމަށް ބަލާނީ، ގްރޭޑް 5 ނިންމާފައިވާކަމުގެ ލިޔުމުން ނުވަތަ މި އިދާރާއިން ޓެސްޓެއް ދީގެންނެވެ.) ނުވަތަ؛
  2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކާ އެއްފެންވަރުގެ މަޤާމެއްގައި ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކުގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  1. ކޯޓު ޢިމާރާތާއި، ކޯޓު ޢިމާރާތުގެ އެތެރެ ކުނިކަހައި، ފޮޅައި، ސާފުކުރުރުން.
  2. ކޯޓުގެ ފަރނީޗަރާއި މެޝިނަރީޒް ފޮޅައި ސާފުކުރުން.
  3. ކޯޓު ގޯތިތެރެއާއި ކޯޓާ އިންވެގެންހުރި މަގު ގޯޅިތައް ކުނިކަހައި ސާފުކުރުން.
  4. ކޯޓުގެ ގޯތީގައި ބަގީޗާ ހައްދައި، އެ ބަގީޗާ ބެލެހެއްޓުމާއި، ގޯތިތެރެ ފެހިކޮށް، ރުއްގަސް ދިލައި ސާފުކުރުން.
  5. ކޯޓުގެ ވަޅު ދިޔަހިއްކުމާއި، ޢިމާރާތުގެ ފުރާޅާއި ދިޔަދޮވި ސާފުކުރުން.
  6. ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުމާއި، ސިޓީއާއި ލިޔުން އެކިއެކި ފަރާތްތަކާ ހަވާލުކުރުން.
  7. ޝަރީޢަތުން ކުރާ ޙުކުމްތަކާ ގުޅިގެން ތަންފީޒުކުރަންޖެހޭ ތަޢުޒީރުތައް ތަންފީޒުކުރުމާއި ހައްދުޖެހުން.

އުޖޫރައާއި އިނާޔަތްތައް

  • ޖުޑީޝަލް އެލަވަންސާއި އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ؛ ހަމަޖެހިފައިވާ ޢުޞޫލުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމު، މެޖިސްޓްރޭޓް ކޯޓުތަކުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުން. އަދި އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ ހުށަހެޅުން)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. ވަޒީފާއެއްގައި އުޅެފައިވާނަމަ، އެ ވަޒީފާގައި އުޅެފައިވާ މުއްދަތާއި، މަޤާމުގެ ނަމާއި، ރޭންކާއި، މަޤާމުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ އެތަނެއްގެ ތައްގަނޑުޖެހި ލިޔުން.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި

2015 ޖަނަވަރީ 25 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، "ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު ފ. ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

 

އެހެނިހެން ކަންތައްތައް

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހެއްކަމުގައިވުމާއެކު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 70 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ބަޔާއި 7 ވަނަ ބައިގައިވާ މީހަކަށް  ވެގެންނުވާނެއެވެ.

 

އިތުރު މަޢުލޫމާތު

 

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ، ތަޢުލީމީ ނަތީޖާއާއި މަސައްކަތު ތަޖުރިބާއާއި އިންޓަރވިއުގައި ހޯދާ މާކުހުގެ ޖުމުލައަށް ބަލައިގެންނެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން 2015 ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން މި ކޯޓުގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ، އެ ތާރީޚުން ފެށިގެން އިންޓަވިއުއަށް ތައްޔާރުވެގެން ރަށުގައި ހާޒިރުވެ ތިބުން އެދެެމެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ ނަންބަރު 6740574 ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740574 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

21 ރަބީޢުލްއައްޥަލް 1436

12 ޖަނަވަރީ 2015
ހޯދާ