މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ރޭންކް:

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް (ޔުނިޓް)

މުސާރަ:

-/5610 ރުފިޔާ  

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

ރަމަޞާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސް، އިތުރުގަޑީގެ މަސައްކަތަށްދޭ ފައިސާ، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާތީ މުސާރައިގެ އިތުރުންދޭ އެލަވަންސް، ހަމަޖެހިފައިވާ ޤަވާޢިދުގެމަތިން ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ ޝަރުޠު:

  1. މަޤާމު މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމު މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. މަޤާމު މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން  ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކައުންސިލް އިދާރާގެ އިކޮނޮމިކް ތަރައްޤީކޮށް ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހައި މަސައްކަތެއް ކުރުން.
  •   ރަށުގެބިމާބެހޭ ޕްލޭނެއް، ކޮންމެ އަހަރެއް ނިމުމުގެކުރިން، ކުރިޔަށް އޮތް އަހަރަށް ހަދައި، އެ ޕްލޭން ބަޖެޓްކުރުން.
  • ކަނޑުގައި ދުއްވާ އުޅަނދުފަހަރު މިނެފައި މާވަޑިޔާދޭ ސެޓްފިކެޓުގައި ޖަހާފައިވާ މިންތައް ބަލައި ޗެކުކުރުމުގެ މަސައްކަތް.
  •  ކައުންސިލުން ބަލަހައްޓަންޖެހޭ ކަންކަމުގެ ތެރެއިން މަސްވެރިންނާއި ވިޔަފާރިވެރިންނާއި ދަނޑުވެރިންނާ ގުޅުންހުރި އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.
  • ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ ތަޙްޤީޤުތައް ކުރުމުގެ ކަންތައްތައް ބެލެހެއްޓުމާއި، ފަޅުން ވެލިނެގުމުގެ ހުއްދަ ދިނުމާއި، އަގުދައްކަންޖެހޭގޮތަށް ނަގާވެލީގެ އަގުނެގުމުގެ ކަންތައް ހަމަޖެއްމާއި، ފަޅާއި ގޮޑުދޮށްތައް ޙިމާޔަތްކޮށް ބެލެހެއްޓުމާއި، ތިމާވެށީގެ ކަންތައްތައް ބެލެހެއްޓުން.
  • ކައުންސިލުން އެކިފަރާތަކާއެކު ކުރެވޭ އެގްރީމަންޓުތަކާބެހޭ އެންމެހައި ކަންތައްތައް، މުއްދަތު ހަމަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެކަން ބެލެހެއްޓުން.
  • އެކި މީސްމީހުންގެ ކުށުގެ ރެކޯޑު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • އެއްގަމު އުޅަނދުފަހަރު ދުއްވުމަށާއި، ހިނގާބިނގާވެ އުޅުމުގެ އިންތިޒާމުތައް ހަމަޖައްސައި، މަގުތަކާއި ގޯޅިތައް ހަދައި، އެ ތަންތަން މަރާމާތުކޮށް، ނަންބޯޑުޖަހައި، މަގުތަކާއި ގޯޅިތައް އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމަށް ސަމާލުކަންދީ އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އަދި ރަށުގެ ލޭންޑްޔޫސް ޕްލޭނާ ތަޢާރުޟުނުވާގޮތުގެމަތިން، ރަށުން ބިންދޫކުރުމާއި، ބިމާއި ޢިމާރާތް ރަޖިސްޓަރީކުރުމާއި، ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤަވާޢިދުތަކާއި ސަރުކާރުގެ މިނިސްޓްރިތަކުން ހަދާފައިވާ އެންމެހައި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތުތަކުގެ ރެކޯޑުތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މި ނޫންވެސް ޤާނޫނުތަކުގައިވާގޮތުގެމަތިން ބެލެހެއްޓުމުގެ އިދާރީ ކަންކަން ކުރުމާއި، ރަށުން ދޫކޮށްފައިވާ ގޯތިތަކާއި ބިންބިމުގެ މިންއަޅާ އިންވަކިކޮށްދިނުމާއި، ރަޖިސްޓަރީ ހަދައިދިނުމާއި، އިން އޮޅުނަނުދީ ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
  • ރަށުގެ އެކި ސަރަހައްދުތަކުގައި މަޢުލޫމާތު ބޯޑުތައް ޖަހައި، އެ ބޯޑުތައް ބެލެހެއްޓުމާއި، ތިމާވެށި ޙިމާޔަތްކޮށް ބެލެހެއްޓުމުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި، އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި، އެ ދަފްތަރު ބަލަހައްޓައި، އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • އާސާރީ ތަންތަން ބެލެހެއްޓުމާއި، ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • މީގެ އިތުރުންވެސް، ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

1. ލާމަރުކަޒީ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.

2. ސިވިލް ސަރވިސް ޤާނޫނަށާއި، ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރިވުން.

3. މާލިއްޔަތާބެހޭ ޤަނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.

އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސް އިމްތިޙާންކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި އޮންނާނެ ތަން:

އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސް އިމްތިޙާންކުރުން ބޭއްވޭނީ 2015 ޖަނަވަރީ 22 ވަނަ ދުވަހު މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާގައެވެ.

އެޕްލިކޭޝަން ފޮނުވަންޖެހޭ ތާރީޚާއި ތަން:

2015 ޖަނަވަރީ 21 ވާ ބުދަދުވަހުގެ މެންދުރު 30-12 ގެ ކުރިން މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ (ކ. ހުރާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު، މި ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑުކުރެވެން ހުންނާނެއެވެ. 

2- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީ)

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

- އެޓެސްޓްކޮށްފައި ހުށަހަޅާ ލިޔުންތަކުގައި، އެޓެސްޓުކުރި ފަރާތުގެ ނަމާއި، ތާރީޚާއި، ސޮޔާއި، އެޓެސްޓްކުރި އޮފީހުގެ ތައްގަނޑުޖަހާފައި ނުވާނަމަ، އެ ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ.)

- މި އިޢްލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640074 ނަންބަރު ފޯނަށެެވެ. ނުވަތަ 7752778 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6640074 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 20 ރަބީޢުލްއައްޥަލް 1436
11 ޖަނަވަރީ 2015
ހޯދާ