ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ގާރޑެން އޮފިސަރ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމުގެ ނަން:

 ގާރޑެން އޮފިސަރ   

ރޭންކް:

 GS2/B

ސެކްޝަން/ޑިޕާޓްމަންޓް

 ގާޑްނިންގ / މެއިންޓެނަންސް އެންޑް ސަރޕޯޓް ސަރވިސް

ބޭނުންވާ ޢަދަދު:

1

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން      02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ 

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ސެކްޝަން ހިންގެވުމާ ހަވާލުވެ ހުންނަ ވެރިއެއްގެ ލަފައާ އިރުޝާދުގެ ދަށުން ގަސްތައް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކާއި އިތުރަށް ބޭނުންވާ ގަސް ހެއްދުމުގެ މަސައްކަތް އަމަލީގޮތުން ކުރުން.
  • އޮފީހުގެ ރަސްމީ ނޫން ވަގުތުގައިވެސް ގަސްތައް ބެލެހެއްޓުމުގެ މަސައްކަތާއި އިތުރަށް ބޭނުންވާ ގަސްތައް ހެއްދުމުގެ މަސައްކަތަށް އެކަށީގެންވާ ވަގުތު ދިނުން.

އުޖޫރަ:

- މަހަކު 6,550 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

24 އޭޕްރީލް 2023 އިން 04 މޭ 2023 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 އަށް.

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓް ތަކުގެ ކޮޕީ

 

    

ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތައް/ މަޤާމުގެ މަސްޢޫލިއްޔަތާ ގުޅޭ އެކަށީގެންވާ ތަޖުރިބާ ނެތް ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

20 އޭޕްރިލް 2023
ހޯދާ