ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ގްރެފިކްސް ޑިޒައިނަރ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމުގެ ނަން:

 ގްރެފިކްސް ޑިޒައިނަރ   

ރޭންކް:

 MS1/B

ސެކްޝަން/ޑިޕާޓްމަންޓް

 މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަން

ބޭނުންވާ ޢަދަދު:

 1 

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 މި މަޤާމަށް މީހުން ހޮވުމުގައި ތިރީގައިވާ ކަންކަމަށް އިސްކަންދެވޭނެއެވެ.

  • ކޮމްޕިޔުޓަރ ގްރެފިކްސް އެޕްލިކޭޝަންސް ބޭނުންކުރަން އެނގުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން. (ޚާއްޞަކޮށް ތާނަ ޓައިޕްކުރަން އެނގުން)
  • ކޮރަލްޑްރޯ، ފޮޓޯޝޮފް، އިލަސްޓްރޭޓަރ، އިން ޑިޒައިން، އާފްޓަރ އިފެކްސް ފަދަ ސޮފްޓްވެއަރގައި މަސައްކަތްކުރަން އެނގުން.
  • އޮޓޯޑެސްކް ތްރީޑީ މެކްސް، އޮޓޯޑެސްކް މާޔާ ނުވަތަ ބްލެންޑަރ ފަދަ ތްރީޑީ އެޕްލިކޭޝަން ސޮފްޓްވެއަރގައި މަސައްކަތްކުރަން އެނގުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އޮފީހަށް ބޭނުންތަކަށް ޑިޒައިން ކުރަންޖެހޭ ތަކެތި ޑިޒައިންކުރުމާއި، އިވެންޓްތަކަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން
  • ޢާންމުން ހޭލުންތެރިކުރުމަށް ބޭނުންވާ ޕޯސްޓަރތައް ޑިޒައިންކުރުމާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށް ބޭނުންވާ ފޮތް/ ޕޯސްޓަރު/ ލީފްލެޓް/ ވީޑިއޯ ފަދަ މެޑީރިއަލްސް ކޮލިޓީކޮށް ތައްޔާރުކުރުން
  • އޮފީހަށުން ހިންގާ އެކިއެކި އިވެންޓްތަކަށް އިންވިޓޭޝަން ކާޑާއި/ ބެނަރ ފަދަ ތަކެތި ތައްޔާރުކުރުން
  • މީޓިންގ، އިވެންޓްތަކާއި އެހެން ހަރަކާތްތަކުގެ ފޮޓޯ ނެގުމާއި، އެފޮޓޯތައް އެޑިޓްކުރުމާއި އިވެންޓްތަކުގެ ވީޑިއޯ ނެގުމާއި އެވީޑިއޯތައް އެޑިކޮށް އެތަކެތި ރައްކާކުރުން
  • ފޮޓޯގްރެފި، ވީޑީއޯގްރެފީ އަދި ކޮންޕިއުޓަރ އެއިޑެޑް ޑިޒައިން ފަދަ މަޤާމާ ގުޅުންހުރި ހުނަރުތައް ބޭނުންކޮށްގެން ޕްރެޒެންޓޭޝަންތަކާއި ވީޑިއޯ ތައްޔާރުކުރުން
  • ފޮޓޯގްރެފީ، 2ޑީ އަދި 3ޑީ އެނިމޭޝަންތައް ތައްޔާރުކުރުން
  • ސޯޝަލް މީޑިއާ (ފޭސްބުކް، ޓުވިޓަރ، އިންސްޓަރގްރާމް) އަދި ވެބްސައިޓްއަށް ބޭނުންވާ ވީޑިއޯ، ޕޯސްޓަރ، ބެނަރ ފަދަތަކެތި ތައްޔާރުކުރުން
  • އޮފީހުގެ ސައިންބޯޑުތަކާއި އެހެނިހެން ސައިންބޯޑުތައް ޑިޒައިންކޮށްތައްޔާރުކުރުން
  • މީޑިއާ ޔުނިޓުގެ އެހެނިހެން މަސައްކަތްތައް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރުން

އުޖޫރަ:

- މަހަކު 9,550 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

24 އޭޕްރީލް 2023 އިން 04 މޭ 2023 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 އަށް.

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓް ތަކުގެ ކޮޕީ
  • މަޤާމުގެ މަސްއޫލިއްޔަތުގެ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ޕޯޓްފޯލިއޯ

    

ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

20 އޭޕްރިލް 2023
ހޯދާ